ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފާރީގައި ހިނގީ ވަރަށް ކުޑަކަމެއް، މީހުން ވާހަކަދެއްކީ މައްސަލަ ބޮޑުކޮށްލައިގެން: އިމްރާން

ސަރުކާރުގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ސަފާރީގައި އަންހެނަކު ރޭޕް ކޮށްފައި ނުވާކަމަށާއި ސަފާރީގައި ހިނގީ ވަރަށް އާދައިގެ ކުޑަކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ރޭ އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކަންހިނގައި ދިޔަ ގޮތަށް ބަލާއިރު އާންމުންގެ ތެރޭ ވާހަކަ ދެކެވުނީ ކަން ހިނގި ގޮތަށްވުރެ މާ ބޮޑުކޮށް ކަމަށެވެ.

“އަޅުގަނޑުވެސް އެ ވާހަކަ އަޑުއެހީމާ، އެ ވާހަކަ ފެތުރިގެން އައީމާ އަޅުގަނޑަށް ވެސް ތަސައްވަރު ކުރެވުނީ ހަމަ ވަރަށް ބޮޑު ރޭޕް ކޭސް އެކޭ މިއީ. އެހެންނަމަވެސް އެ މައްސަލަ ގާތުން ބަލާލީމާ[އެނގުނު އެހެން ނޫންކަންވީ]. އަޅުގަނޑަށް ދެން މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން އެ ހިނގާފައި އޮތް ކަންތައް ނުވަތަ އެ އިބާރާތް ބޭނުން ކުރާކަކަށް،” އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެ ހާދިސާގައި ކަންތައް ހިނގީ އާންމު ބަޔެއްގެ ތެރޭގައި ހުރެފައިވެސް މިީހަކަށް ކޮށްލެވިދާނެ ވަރުގެ ކުޑަ ކަމެއްގެ ވާހަކަ ކަމަށާއި އެއީ ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް ކަމަށެވެ.

އިމްރާން ވިދާޅުވީ ސަފާރީގައި ކޭސް ރިޕޯޓު ކުރެވިގެން އައި އިރު އެ މައްސަލައިގެ ވިކްޓިމްގެ ބަޔާންވެސް އެކި ގޮތްގޮތަށް އެކި ފަހަރު މަތިން ބަދަލުވެފައިވާ ކަމަށާއި ޕްރޮސީޖަރަލް މައްސަލަ ދިމާވީ ބަޔާނަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: