ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުންގެ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރުލިބޭ: ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑުންގެ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރުލިބޭ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތާ ގުޅިގެންނެވެ.

އެގޮތުން ރޭ ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޕްރޮގްރާމެއްގައި، އިމްރާން ވިދާޅުވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ އާންމުންގެ ތެރޭ ވާހަކަ ދެކެވެނީ އެ ކަން ހިނގާ ދިޔަ ގޮތަށްވުރެ އެކަން ބޮޑުކޮށްލައިގެން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނުލްއުޤޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކޮންމެ ކަމެއް ތަޙްޤީޤްކޮށް، ހަމަހަމަކޮށް ދަޢުވާކުރަންޖެހޭނެ ކަމަށެވެ.

“ވަކި ބަޔަކު ކުރީމާ ކުށަކަށް ނުވާ އުޞޫލެއް ނޯވޭ. ބޮޑުންގެ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރުލިބޭ. ގިނަ ބަޔަކަށް ރައްކާތެރިކަން ގެއްލިއްޖެ!” ޖަމީލް ވިދާޅުވިއެވެ.

އިމްރާންގެ އެ ވާހަކަތަކާ ގުޅިގެން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މީހާ ތަމްސީލް ކުރާ ލޯ ފާމް، ރިޒާ އެންޑް ކޯ އިން ވަނީ މިއަދު މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފަ އެވެ.

ސިޓީގައި ބުނެފައިވަނީ އެ ފާމްގެ މުވައްކިލެއް ކަމަށްވާ ފޯލީން ޑުޓާ ގެޝޮރޯ، ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ދަނޑިވަޅެއްގައި، ސަފާރީގައި ހިނގާފައި ވަނީ ވަރަށްވެސް ކުޑަ ކަމެއް ކަމަށް ސިފަކޮށް ފުލުހުންނާ ހަވާލުވެ ހުންނެވި، މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ވާހަކަތައް ކުށްވެރި ކުރާ ކަމަށެވެ.

އެހެންކަމުން އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިދިނުމަށާއި އަޅަން ޖެހޭ ފިޔަވަޅު އަޅައިދެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އަރިހުން ވަނީ އެ ސިޓީގައި އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: