ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2021 ވަނަ އަހަރުގެ ބަޖެޓަކީ 35 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި މީޑިއާތަކަށް މައުލޫމަތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާނީ 35 ބިލިއަން ރުފިޔާކަަމަށް ފިނޭސް މިނިސްޓްރީއިން ބުނެފި އެވެ.

އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް، އަހްމަދު ޝަރުވަސް ވިދާޅުވީ، މިމަހު 31 ވަނަ ދުވަހުގެ ކުރިން 2021 ވަނަ އަހަރުގެ ބެޖެޓުގެ ގޮތުގައި 35 ބިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށެވެ.

ޝަރުވަސް ވިދާޅުވީ މިނިސްޓްރީން މިހާރު ގެންދަނީ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށާއި ބަޖެޓުގައި ހިމެނޭ ކަންކަމުގެ މައުލޫމާތު އަދި ފިނޭންސުން ހާމަކޮށްފައެއް ނުވާކަމަށެވެ.

އެނާ އިތުރަށް ވިދާޅުވީ، ރިވައިޒް ބަޖެޓުތަށް ވެސް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: