ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާ އާދައިގެ ކަމެއްގެ ގޮތުގައި އިމްރާން ވިދާޅުން: “އެއީ ކުޑަކަމެކޭ ނުބުނަން”

އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކަށް ފާޑުކިއުން އަމާޒުވަނިކޮށް، ދިފާއަށް ނިކުމެ އިމްރާން މީޑިއާތައް ގޯސްކުރައްވައިފިއެވެ.

މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ކުރެވެ އެވެ. އަދި އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމާއި، ކޭސްގައި އޮޅުވާލުންތަކެއް ގެންގުޅޭކަމުގެ ތުހުމަތުތައް މީގެ ކުރިން ވެސް ކުރެވުނެވެ. އަދި ފުލުހުން ވެސް މި ކޭސްގައި އެކި ފަހަރު ވާހަކަ ދައްކަނީ އެކި ގޮތަށެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެންސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވެފައިވަނީ، ސަފާރީގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ނޫސްވެރިން ގެނެސްދިނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މީޑިއާތަކުގައި ވަނީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ބިދޭސީ އަންހެން މީހާއާއި މެދު ކަންތައް ހިނގައިދިޔަ ގޮތް އެއީ ރޭޕް ކޭސްއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އިމްރާން ވިދާޅުވީ ގޮތުން ސަފާރީގައި ހިނގީ “ވަރަށް ކުޑަ ކަމެއް” ކަމަށެވެ. އަދި މިއީ އާއްމުތަންތާ ހިނގާ ކަމެއްގެ ގޮތުގައި ވިދާޅުވިއެވެ. މިއީ އާއްމުތަނެއްގައި ބުނަން ފަސޭހަ ވާހަކައެއް ނޫން ނަމަވެސް، އެތަނުގައި ހިނގައިދިޔައީ އާއްމުންތެރޭގައި ވެސް ހިނގާ ކަމެއްގެ ގޮތުގައި އިމްރާން ވިދާޅުވިއެވެ.

އިމާރާން ވިދާޅުވީ ގޮތުން އޭނާ ވެސް ހީކުރީ އެއީ ރޭޕްއެއް ކަމަށެވެ. އެހެން ނަމަވެސް ކަން ހިނގި ގޮތް ބަލާއިރު އެކަން ހިނގީ އެހެން ނޫން ކަމަށް ވިދާޅުވިއެވެ.

ދެއްކެވި ވާހަކަތަކަށް އެތައް ފާޑުކިއުމެއް އަމާޒުވަމުން އަންނަ އިމްރާން އޭނާގެ ދިފާއަށް ނިކުމެ ވިދާޅުވީ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރުން އެއީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ކުޑަ ކަމެއްގެ ގޮތުގައި ނުބުނާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މީޑިއާތަކުގައި އޭނާއާއި ބެހޭ ގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ނޫސްވެރިންނަށް ޒިންމާދާރުވުމަށް ގޮވާލާ އިމްރާން ވަނީ، ޕްރޮފެޝަނަލް މިންގަޑު ހިފެހެއްޓުމަށް ވިދާޅުވެފައެވެ. އަދި ގޯސް މާނައެއް އޮތް ހެން ހީވާނަމަ އެކަން ސާފުކޮށް ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ދެއްކި ވާހަކައިން އޮޅުން އަރާނަމަ މާފަށް އެދޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: