ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާ އާއި ދެކޮޅަށް އިހުތިޖާޖު އިންތިޒާމު ކުރި ޒުވާނުން ހައްޔަރުކޮށްފި

ޖިންސީ ގޯނާ އާއި ދެކޮޅަށް ބޭއްވި އިހުތިޖާޖު/ ފޮޓޯ: އަހުމަދު އަޝްހާދު (ޖެރީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާ އާއި ދެކޮޅަށް މިއަދު ހަވީރު ގަލޮޅު ސްޓޭޑިއަމް ސަރަހައްދުން ވޮއިސް އޮފް ޗިލްޑްރެންއިން ފެށި އިހުތިޖާޖު ހުއްޓުވާ، އެ ޖަމިއްޔާގެ އިސް ޒުވާނުންތައް ފުލުހުން ހައްޔަރުކޮށްފިއެވެ.

ވީއޯސީއަކީ މީގެ ކުރިން ވެސް ކުޑަ ކުދިންގެ ހައްގުގައި މާލޭގައި އިހުތިޖާޖުތައް އިންތިޒާމު ކުރި ޖަމިއްޔާއެކެވެ. އަދި މި އެއްވުންތަކުގައި ގިނަ އަދަދެއްގެ ޒުވާނުންތައް ވެސް ބައިވެރިވެއެވެ.

މި އެއްވުން މިއަދު އިންތިޒާމުކޮށްފައިވަނީ، ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އެ އަންހެން މީހާއާއި މެދު ހިންގާފައިވާ ކަންތަކަށް މީޑިއާތަކުގައި ދެކެވެނީ ގޯސް ވާހަކަތަކެއް ކަމަށް ބުނެ، އިމްރާން ވަނީ އެއީ އާއްމުކޮށް ހިނގާ ކަންތަކެއްގެ ގޮތުގައި ވިދާޅުވެފައެވެ. އަދި ޖިންސީ ގޯނާ ނުވަތަ ފުރައްސާރަ އެއީ އާދައިގެ ކަމެއްގެ ގޮތުގައި ދޭހަވާ މޭރުމަކުން އިމްރާން ވާހަކަ ދެއްކެވިއެވެ. މި މައްސަލައިގައި އިމްރާނަށް ފާޑުކިއުން އަމާޒުވުމުން އޭނާ ވަނީ މީޑިއާތައް ގޯސްކޮށް ވާހަކަ ދައްކާވާފައެވެ. އަދި ވިދާޅުވީ އެއްވެސް އިރެއްގައި ޖިންސީ ގޯނާ އެއީ ކުޑަ ކަމެއްގެ ގޮތުގައި ބުނެފައި ނުވާނެ ކަމަށެވެ.

ސަފާރީ ކޭސް އާއި، އަދި ފަހަކަށް އައިސް ފެންމަތުވި ޖިންސީ ގޯޏާގެ މައްސަލަތަކާއި ދެކޮޅަ ވީއޯސީ އިން ހަރަކާތްތަކެއް ބޭއްވިއިރު، އޭރު ވެސް ބައެއް މީހުން ހައްޔަރުކޮށް އެ އެއްވުންތަކަށް ފުލުހުން ހުރަސް އެޅިއެވެ. މިއަދުގެ އެއްވުން ފެށުނުތަނާހެން ފުލުހުން ހައްޔަރުކުރީ ޖަމިއްޔާގެ އޯގަނައިޒިން ޓީމެވެ. އެގޮތުން ވީއޯސީގެ ފަސް ޒުވާނަކު ފުލުހުން ހައްޔަރު ކުރިއެވެ.

ބައިވެރިން ހައްޔަރުކޮށްފައިވާތީ އެކަމާއި ގުޅިގެން ވީއޯސީ މޯލްޑިވްސް އިން ބުނެފައިވަނީ ހިމޭންކަމާއި އެކު ކުރިޔަށް ގެންދިޔަ އެ އިހުތިޖާޖުން އެންމެ ފުރަތަމަ ހައްޔަރު ކުރީ ޓީމުގެ ދެ މީހެއް ކަމަށެވެ. އަދި އޭގެ ފަހުން ތިން މީހުން ހައްޔަރު ކުރީ ކަމަށެވެ. ފުލުހުން ހައްޔަރު ކުރި ޒުވާނުންގެ ތެރޭގައި ހިމެނެނީ ޖަމިއްޔާގެ އެންމެ އިސް ފަރާތްތަކެކެވެ.

 

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: