ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޯނި ވެރިފަރާތާ ހަވާލުކުރަން އަމުރުކުރި ގާޒީގެ މައްސަލައެއް ޖޭއެސްސީން ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަތް “ފަސްކުރި” ދޯނި، ވެރިފަރާތާ ހަވާލު ކުރަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުނު ގާޒީގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

ޖޭއެސްސީން މިއަދު ބުނެފައި ވަނީ ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި، ގަމު ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަނޑައެޅިގެން ގާނޫނާއި ޚިލާފަށް އެކޯޓުގެ އިސްމެޖިސްޓްރޭޓު ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރު ޢަމަލުކޮށްފައިވާ ކަމުގެ މައްސަލައެއް ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ހަމައެހެންމެ ޖޭއެސްސީން ބުނެފައިވަނީ، މިގޮތަށް ނިންމީ، މައްސަލަ ބެލުމަށް މައްސަލަ ބެލުމާމެދު ގޮތެއްނިންމާ ކޮމެޓީން، ނިންމާފައިވާތީ ކަމަށެވެ.

މި މައްސަލަ ޖޭއެސްސީން ބަލަން ނިންމީ ރިޗްކްލަބް މޯލްޑިވްސްގެ ފަރާތުން އެކުންފުނީގެ ހިއްސާދާރު، އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ. އެ ސިޓީގައި ވަނީ ގަމު މެޖިސްޓްރޭޓު ކޯޓުން އަމުރު ނެރުނީ އެފަދަ މައްސަލަތަކުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކާއި ހިލާފަށް ކަމަށެވެ.

ޖާބިރު ޖޭއެސްސީ އަށް ފޮނުވި ސިޓީގައި ރިޗް ކްލަބުގެ މައްޗަށް އަމުރު ނެރެދިން ގާޒީގެ މައްސަލަ ބަލައިދީ ފިޔަވަޅު އަޅައި ދިނުމަށް އެދޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޖާބިރު ކާށިދޫ މީހުން މަޑުން ތިބިޔަކަސް ލ.ގަން ކުދިން މަޑަކުން ނުތިބޭ????????????????????????????????

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: