ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޝަހިންދާއަށް ފުރުސަތު ދިނުމަކީ އިސްލާމް ދީނަށް ލޯބިކުރާ ދިވެހިންނަށް ނަޝީދު ދިން ބިރުވެރި އިންޒާރެއް”

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ބޭއްވި ފޯރަމެއްގައި، އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރި ޝަހިންދާ އިސްމާއިލް އަށް ފުރުސަތު ދިނުމަކީ އިސްލާމް ދީނަށް ލޯބިކުރާ ދިވެހިންނަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިން ބިރުވެރި އިންޒާރެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ރައްޔިތުން މަޖިލިހުގެ އިދާރާގައި އޮތް ޚިލާފު ހޯދުމުގެ ސެޝަނުގައި ވާހަކަދައްކަމުން ޝަހިންދާ ސުވާލުކޮށްފައިވަނީ މި ބިލުގައި ކުރަން ކަނޑައަޅާފައިވާ މަސައްކަތަކީ ދެ އަހަރުގެ މުއްދަތުގައި ކުރެވޭނެ މަސައްކަތެއްތޯއެވެ. އަދި ދެ އަހަރަކީ ކުރު މުއްދަތެއް ކަމުގައި ޤަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އިސްލާމް ދީނަށް ލޯބިކުރާ ދިވެހިންނަށް ރައީސް ނަޝީދު ދިން ބިރުވެރި އިންޒާރެއް ކަމަށާއި ޝަހިންދާ އަކީ މި ސަރުކާރުގެ ލާދީނީ އެޖެންޑާ ތަންފީޒު ކުރުމުގެ މުހިންމު ބައިވެރިއެއްކަން ކަށަވަރުކޮށްދިންކަމެއް ކަމަށެވެ.

“އަދި ޝަހިންދާ ފޮރުވައިގެން އުޅެނީ މި ސަރުކާރުންކަން އިތުރަށް ޔަގީންކޮށްދިން ހެއްކެއް.” އަދުރޭ ވިދާޅުވިއެވެ.

އެމްޑީއެންއަކީ ކީރިތި ރަސޫލާއަށް ތައުހީނުކޮށް އަދި އިސްލާމްދީނަށް ފުރައްސާރަކޯށް ރިޕޯޓު ނެރުމާ ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން އުވާލާފައިވާ ޖަމްޢިއްޔާއެކެވެ. ނަމަވެސް ރިޕޯޓް ނެރުމުގައި ބައިވެރިވި އެއްވެސް މީހަކު އަދި މިހާތަނަށް ތަހުޤީޤަށް ހާޒިރުކުރިކަން އެނގިފައެއް ނުވެއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: