ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިޔާ އައުޓް”އޭ ގޮވާ މީހުންނަށް އާޒިމް: ތި ފަރިހި ބާވެއްޖެ! އާ ފަރިއްސެއް ކިޔުއްވާ!

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިޔާ އައުޓް’ގެ ފަރިހި ބާވެއްޖެކަމަށާއި އާ ފަރިއްސެއް ކިޔުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.

އެމްޑީޕީއިން އާންމުކުރަމުންދާ ޚަބަރު ސިޓީގެ އަށްވަނަ އަދަދުގައި އާޒިމް ލިޔުއްވާފައިވާ ލިޔުއްވުމުގައި ވިދާޅުވެފައިވަނީ މިއަދުގެ ސަރުކާރުން އިންޑިޔާއާ ކިތަންމެ ގާތް ގުޅުމެއް ބެއްވިކަމުގައިވިޔަސް “އިންޑިޔާ އައުޓް” ކެމްޕެއިން ހިންގަމުންދާ ބޭފުޅުން ތުހުމަތުކުރަމުންދާ ގޮތަށް އިންޑިޔާއިން ރާއްޖެއަށް އަތްގަދަ ކުރުމަށް ނޫޅޭ ކަމަށެވެ. އަދި ރާއްޖެ ހިފަންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރާއްޖެގައި އިންޑިޔާގެ މިލިޓަރީ ބޭސްއެއް ގާއިމްކުރުމަށްވެސް ނޫޅޭ ކަމަށެވެ.

އިންޑިޔާއިން ރާއްޖެ ހިފުމުގެ ފުރުސަތު ދީގެން އެހެން ގައުމުތަކުން ނުވެސް ތިބޭނެ ކަމަށާއި މިއީ އެޒަމާނެއް ނޫން ކަމަށެވެ. އަދި އިންޑިޔާއިން ރާއްޖޭގެ ސަލާމަތަށް އަބަދުވެސް ބަލާނެ ކަމަށާއި އޭގެ އެއް ސަބަބަކީ ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގާތް ގުޅުން ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އިންޑިޠާއަކީ އެންމެ ކުރީއްސުރެވެސް ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އައި އަވަށްޓެރި ގައުމެއް ކަމަށެވެ. ދިވެހިންނަށް ބޮޑު ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިޔާ އަބަދުވެސް އޮންނަނީ ތައްޔާރަށް ކަމަށާއި އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެގެން ދިޔައީ މިހާރު “އިންޑިޔާ އައުޓް”އެ ގޮވަމުންދާ ބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު ވަކި ގައުމަކަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު އެއްކޮށް ބަރޯސާކޮށް އެގައުމުގެ ގޮނޑިކޮއްކޮއަށް ވީ ހިސާބުންކަމަށް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ބެއްވި ގުޅުމަށް ފާޑު ވިދާޅުވަމުން އާޒިމް ވިދާޅުވީ، ރާއްޖެ އޮތީ އެގައުމަށް އެއްކޮށް އަޅުދާސްވެފައި ކަމަށެވެ. އަދި އިންތިހާއަށް ބޮޑެތި އިންޓްރެސްޓްގައި ލޯނުތައް ނަގައި، ވިސްނުމެއް ނުވަތަ މަޝްވަރާކުރުމެއްނެތި ހާސް، ދޮޅުހާސް ގަނޑުގެ ފްރީ ޓްރޭޑް އެގްރީމަންޓްގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކަށް ތައުރީފް ކުރައްވައި، އާޒިމް ވިދާޅުވީ މިހާރު އޮތީ ވަރަށް ހަރުދަނާ، ހިކުމަތްތެރި ޚާރިޖީ ސިޔާސަތެއްކަމަށެވެ. ފާއިތުވި ދެއަހަރެއްހާ ދުޗަހުގެ ތެރޭގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެގެ ތަސައްވުރު ރަނގަޅުވެ، ދޭދޭ ގައުމުތަކުންނާއި ބައިނަލްއަގްވާމީ މުޖުތަމައުން ޜާއްޖެ ބަލައިގެންފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާކަން ހާމަވާ މައިގަނޑު ސަބަބަކީ3 ގައުމެއް ފިޔަވައި އެހެން އެއްވެސް ގައުމަކުން ރައީސުލްޖުމްހޫރއްިޔާއަށް އެގައުމުތަކަށް ވަޑައިގަތުމުގެ ފުރުސަތު ނުލިބުން ކަމަށެވެ.

“އިންޑިޔާ އައުޓް” ކެމްޕެއިން ހިންގަމުންދާ ގިނަ ބޭފުޅުންްގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުންދާކަންް އާޒިމް ފާހަގަކުރެއްވިއެވެ. އަދި މިކަމުން ސަލާމަތްވުމަށް ގައުމު ހަލަބޮލިކޮށް އެކުވެރި ގައުމުތަކާއި ރާއްޖެ ޖައްސާލުމަސް މަރުފަލިޖަހަނީކަމަށް ވިދާޅުވިއެވެ.

“އިންޑިޔާ އައުޓް” ކެމްޕެއިން ހިންގަމުންދާ ބޭފުޅުން އެ ކެމްޕެއިން ހިންގަމުންދަނީ ޖަލުގެ ތޭރިތަކަށް “އިން” ވާންޖެހިދާނެތީކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިހާރު އެފަރިހި ބާވެއްޖެ ކަމަށާއި އާ ފަރިއްސެއް ކިޔުމަށް އާޒިމް ވަނީ ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ފަރިހި އަޑު އިވޭކަން ޔަޤީން ވެއްޖެ އުފާކުރަން ތިވަރަށް އަޑުއަހާ އަސަރު ކުރާތީ….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: