ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް މަޖިލީހަށް ހުށައަޅައިފި

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި ޓުވީޓްގައި ބުނީ އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފިކަމަށާއި ބަޖެޓާ ގުޅޭ އިތުރު ތަފްސީލް ފިނޭންސް މިނިސްޓަރު ބަޖެޓް ސްޓޭޓްމަންޓް މަޖިލީހަށް ހުށަހަޅުއްވާއިރު ދެއްވާނެކަމަށެވެ.

އަންނަ 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ހުށައަޅަނީ 35 ބިލިޔަނެއްހާ ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީން ކުރިންވަނީ ހާމަކޮށްފިއެވެ.

ޤާނޫނުގައިވާގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނީ އޮކްޓޫބަރު މަހުގެ 31ގެ ކުރިންނެވެ.

ކޮވިޑް-19ގެ ސަބަބުން ދައުލަތަށް ލިބެމުންދާ ޢާމްދަނީ ދަށްވެފައިވާތީ މިހިނގާ 2020 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށްފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވާއިރު، ރިވައިސްޑް ބަޖެޓްގެ ގޮތުގައި ހުށާއަޅާނީ 31 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: