ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ބަޖެޓު ހުށަހެޅުން މިމަހު 9 ގައި

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ބަޖެޓު ހުށައަޅާނީ މިމަހު 9 ގައި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ފައްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ބަޖެޓު ހުށައަޅާނީ މިމަހު 9 ގައި ކަމަށާއި އެދުވަހު ބަޖެޓު ހުށައަޅައިގެން ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދެވޭ މިންވަރު ލަސްނުވާނެ ކަމަށެވެ. އަދި އެއަށް ފަހު ކޮމިޓީ މަރުހަލާގައި ބަޖެޓާއި މެދު ވާހަކަދެކެވި އިސްލާހު ހުށައެޅިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި މެމްބަރުން ބަޖެޓަށް ބަހުސް ކުރަން ފަށާނީ ނޮވެމްބަރު މަހުގެ 16 ގައި ކަމަށާއި އަދި ޑިސެމްބަރު މަހުގެ ކުރީކޮޅު ބަޖެޓުގެ މަސައްކަތް ނިންމާލެވޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ބަޖެޓުގެ މަސައްކަތް ކުރުމަށް މަޖިލީހުން ތައްޔާރުވަމުން އަންނައިރު، މިއަހަރުގެ މިމަޖިލީހަކީ އެންމެ މަސައްކަތްތެރި މަޖިލީހުގެ ގޮތުގައި ރިޔާސަތުން ފާހަގަކުރެއެވެ. އެހެންނަމަވެސް، މިދިމާވި ކޮވިޑް-19ގެ ހާލަތާ ގުޅިގެން މިއަހަރުގެ ބަޖެޓް ރިވައިސް ކުރުމަށްފަހު ރިވައިސްޑް ބަޖެޓެއް މިހާތަނަށް ހުށައަޅާފައިނުވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: