ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުނާން އާއި ރިހުލާގެ މައްޗަށް އެކި ފަހަރު މަތީން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީތަރި ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާގެ މައްޗަށް ދައުވާ ކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.

ޔުނާން އާއި ރިހުލާގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަ ފިރިހެން ކުއްޖަކާއި ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ. ޖިންސީ ގޯނާގެ ތުހުމަތުގައި ޔުނާން އާއި ރިހުލާ ހައްޔަރުކުރީ އޮކްޓޯބަރު ހަތަރުވަނަ ދުވަހުއެވެ.

ޔުނާން އާއި ރިހުލާގެ މައްޗަށް ކުރެވެނީ، 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސް މަތިން 18 އަހަރު ނުފުރޭ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ.

އެ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް ކުރުމަށް، އަދި އޭނާގެ އަނބީހާ ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެެއެވެ.

ޔުނާންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ  އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކާއެކު ހިންގާ މަންޒަރު އެ ކުއްޖާއަަށް ދެއްކުމުގެ ދެ ދައުވާއަކާއި، އެ ކުއްޖާ ލައްޖާ ޖިންސީ އަމަލެއް ހިންގުވުމުގެ ދެ ދައުވާއެކެވެ. އަދި އާއިލާގެ މެންބަރަކު އެ އާއިލާގެ ކުއްޖަކާއި މެެދު ޖިންސީ އަލަމެއް ހިންގުމާއި، އަދި އެ މަންޒަރު ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ ހިމެނެއެވެ.

ޔުނާންގެ މައްޗަށް ވަނީ އޮރިޔާން ކާޑު ގެންގުޅުމާއި، އޮރިޔާން ކަޑު އުފެއްދުމުގެ ދައުވާ ވެސް އުފުލާފައެވެ.

މީގެ އިތުރުން ރިހުލާގެ މައްޗަށް ކުރާ ފަސް ދައުވާގެ ތެރޭގައި ހިމެެނެނީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި، އެކު އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއެކެވެ. ރިހުލާގެ މައްޗަށް ވެސް އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކަޑު އުފެއްދުމުގެ ދައުވާ އުފުލާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 87%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: