ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުލިގަމުގައި ސިޓީ ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރަން އަލުން ބީލަމަށް

ހއ. އުލިގަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އުލިގަމުގައި ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުުމަށް ޝައުޤުވެރިވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމަވައިފިއެވެ.

މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ އުލިގަމުގައި ޔޮޓު ބަނދަރަކާއެކު ހޮޓަލެއް ތަރައްޤީކުރުމަށް ބިން ދޫކުރުމަށް މިދިޔަމަހުގެ 11ވަނަ ދުވަހު އެ މިނިސްޓްރީން އިޢުލާން ކުރުމާގުޅިގެން ގިނަ ފަރާތްތަކުން މި ބީލަމާބެހޭ ގޮތުން މަޢުލޫމާތު ސާފުކޮށް، 2 ފަރާތަކުން ބީލަން ފޮތް ގަނެފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިމަހުގެ 5 ވަނަ ދުވަހު ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާކަމަށެވެ.

އެހެންކަމުން އަލުން ބީލަން ހުޅުވާލުމަށް ނިންމާފައިވާކަމަށް އެމިނިސްޓްރީގެ ނޫސްބަޔާނުގައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އޭރު ބީލަމަށް ލާފައިވަނީ އުލިގަމުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރު ޤައުމުތަކުގެ އިންވެސްޓަރުންނަށްވެސް ބިޑު ހުށަހެޅޭގޮތަށެވެ. އަދި މި މަޝްރޫޢަށް އުލިގަމުން 36 ހެކްޓަރުގެ ބިމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: