ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެމްޑީޕީން މިވަނީ ގައުމުގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާންޖެހުން ސިސްޓަމަކަށް ހަދާފައި”

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން މިވަނީ ގައުމުގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާންޖެހުން ސިސްޓަމަކަށް ހަދާފައި ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ދަށްކުރުމާ ގުޅިގެންނެވެ. އެގޮތުން މިފަހަރު ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން “ސީސީސީ” އަށް ދަށްކޮށްފައި މިވަނީ، ދަރަނި އިތުރުވެފައި ވުމުންނާއި އިގުތަސޯދީ ކުރިމަގު ވަރަށް ބަނަކޮށް ފެންނާތީއެވެ.

އެގޮތުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ބުނި އެމްޑީޕީން މިވަނީ ގައުމުގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާންޖެހުން ސިސްޓަމަކަށް ހަދާފައި ކަމަށެވެ.

“ފިޗުން ކްރެޑިޓް ރޭޓިން ދަށްކުރުމުން ރައްޔިތުންނަށް ތަކްލީފް ބޮޑުވާނެ! އެތައް ޖީލަކަށަ އިޤްތިޞާދު ފުނޑުފުނޑުވެގެން އެ ދިޔައީ!” ޖަމީލް ވިދާޅުވިއެވެ.

ކްރެޑިޓް ރޭޓް ދަށްކުރިކަން އެންގުމުގެ ގޮތުން ފިޗްއިން ނެރުނު ބަޔާނު ވަނީ ރާއްޖޭއަށް ބޭރު ފައިސާ ލިބޭ މިންވަރު ދަށްވުމުން ކަންބޮޑުވާކަމަށް ބުނެފަ އެވެ.

ދާދިފަހުން މަޖިލީހުން ވަނީ ސަރުކާރަށް ނަގާފައިވާ ދަރަނި ފިޔަވައި، އެހެން ދަރަނިތައް ރީސްޓްރަކްޗާ ކުރުން ނުވަތަ ރީ ޕްރޮގްރާމްކުރުމުގެ މަސައްކަތް ލަސްނުކޮށް ފެއްޓުމަށް ސަރުކާރަށް އެންގުމަށް ނިންމައި ރިޕޯޓެއް ފާސްކޮށްފައެވެ. އެ ރިޕޯޓްގައިވާ ގޮތުން، ދައުލަތުގެ ދަރަނި، 2012 އިން 2018 އަށް 172 ބިލިޔަން ރުފިޔާއަށްވުރެ މައްޗަށް ވަނީ އަރައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: