ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯސްޓްމޯޓަމް ރިޕޯޓު: “ސިދުރަތުﷲ މަރުވީ ގެނބިގެން”

ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗް ސަރަހައްދު މޫދުން މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲ އަހުމަދު މަރުވެފައިވަނީ ގެނބިގެން ކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓްގައި ބުނެފި އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ މި މަހުގެ 02 ވަނަ ދުވަހުއެވެ. ސިދުރަތުﷲ ގެ މަރާއި ގުޅުވާ ތަފާތު ވާހަކަތައް ދެކެވުނެވެ.

ޕޯސްޓްމޯޓަމް ރިޕޯޓުގެ ނަތީޖާ ލިބިފައިވާތީ އެކަން މީޑިއާތަކާއި ހިއްސާކޮށް ފުލުހުން ބުނެފައިވަނީ ސިދުރަތުﷲ މަރުވި ސަބަބު ދެނެގަތުމަށް އިންޑިއާއަށް އޭނާގެ ހަށިގަނޑު ގެންގޮސް ހެދި ޕޯސްޓްމޯޓަމްގެ ޕްލިމިނަރީ ރިޕޯޓްގައި ސިދުރަތުﷲ މަރުވި ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ ގެނބިގެން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ މޫދުގައި ހަށިގަނޑު އޮތް އިރު ލިބުނު ޒަހަމްތަކެއް ކަމަށް ބެލެވޭ ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ކުރެވުނު ބައެއް ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން މިހާރުުވެސް ޕޯސްޓްމޯޓަމްއާ ގުޅިގެން ހަދަން ޖެހޭ އިތުރު ތަހުލީލުތައް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ސިދުރަތުﷲ ގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އޭނާގެ މަރުގައި ޝައްކުވާ ކަންތަކެެއް ހުރިކަމަށް ބުނެފައެވެ. އަދި ހަށިގަނޑުގައި ޒަހަމްތަކުގެ ނިޝާންތަކެއް ހުރުމުގެ ސަބަބުން، އާއިލާއިން ވަނީ ސިދުރަތުﷲ މަރާލީކަމަށް ތުހުމަތުކޮށްފަ އެވެ.

ފުލުހުން ވެސް ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާ، ސިދަރަތުﷲ ރަސްފަންނާއި ދިމާލުން މޫދަށް ދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް އާއްމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ހިނގާފައި ގޮސް ރަސްފަންނުގެ މޫދާ ދިމާލަށް ދާ މަންޒަރު ފެންނެއެވެ. އަދި މޫދާއި ދިމާލަށް ހިނގާފައި ދަނީ އޭނާ އެކަންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: