ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރިސޯޓުތަކުގެ ވެރިން ގަސްތުގައި މުވައްޒަފުންނަށް ދެރަކޮށް ހިތާނެ ކަމަށް ސިފަކުރުން ރަނގަޅެއް ނޫން“

ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކުގެ ވެރިން ގަސްތުގައި މުވައްޒަފުންނަށް ދެރަކޮށް ހިތާނެ ކަމަށް ސިފަ ކުރުމަކީ ރަނގު ގޮތެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން، ނިޔާވި ދ. މާއެނބުދޫ ދިލްބަހާރުގޭ އާދަމް ނަސީރުގެ މަރުގެ މައްސަލައާ ގުޅީގެން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ރިސޯޓުގެ ވެރިފަރާތުގެ އިހުމާލެއް އޮންނަ ގޮތަށް ނުވަތަ އެ މަންޒަރު ސިފަ ކުރުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެގޮތުން ކަނޑިންމަ ރިސޯޓުގެ ވެރިފަރާތަކީ ޓޫރިޒަމްގެ އެހެން އެތައް ވިޔަފާރިތަކެއް އަދި ރާއްޖޭގައި ޒަމާންތަކެއް ވަންދެން މި މަސައްކަތުގައި އުޅެމުން އަންނަ ބައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

”އެ ރިސޯޓުގެ ވެރިފަރާތުގެ އިހުމާލެއް އޮންނަ ގޮތަށް، ނުވަތަ އެ މަންޒަރު ސިފަވާގޮތަށް މި މައްސަލަ ނަގައި އަޅުގަނޑުމެން ސިފަ ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތެއް ނޫން،“ ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ރިސޯޓުތަކުގެ ވެރީން އެމީހުުންގެ މުވައްޒަފުން ގޮވައިގެން ވަރަށް ރަނގަޅަށް އުޅެމުން އަންނަތަން ވެސް ފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އާދަމް ނަސީރު ނިޔާވުމުގައި ރިސޯޓުގެ އިޙުމާލު އޮތްކަމަށް އެ އާއިލާއިންވެސް ދަނީ ބުނަމުންނެވެ. އެގޮތުން އެ މައްސަލަ ފުލުހުންނާއި އެޗްއާރްސީއެމް އިން ވެސް މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައެވެ.

އޭނާގެ ކޮވިޑް ޓެސްޓު ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުން މިހާރު އަންނަނީ ސާމްޕަލްތައް ނަގަމުންނެވެ. އެގޮތުން މިހާތަނަށް އެ ރިސޯޓުން ވަނީ 60 މީހަކު ޕޮޒިޓިވްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: