ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ދެއަހަރު ފުރޭއިރު!

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިތާ މި ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ދެއަހަރު ފުރިގެންދާނެއެވެ. ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަނެއްގެ ތެރެއިން ކަމަށްވާއިރު އެމަނިކުފާންފާނުގެ މެނިފެސްޓޯ ވެސް އެކުލަވާލާފައި ވަނީ ކޯލިޝަން ސަރުކާރުގެ މެނިފެސްޓޯއެއްގެ ގޮތުގައެވެ. އެހެންކަމުން ކޯލިޝަން ސަރުކާރަށް ދެ އަހަރު ފުރޭއިރު ކޯލިޝަން ސަރުކާރުގެ މެނިފެސްޓޯއަށް ކުރުގޮތަކަށް ބަލާލުމަކީ މުހިންމު ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ.

ރައީސް ސާލިހުގެ ކޯލިޝަން ސަރުކާރުގެ މެނިފެސްޓޯ ބެހިފައި ވަނީ މައިގަނޑު ހަ ބަޔަކަށެވެ. އެއީ އިސްލާމްދީން، ދައުލަތް ހިންގުން، ޖަޒީރާ ދިރިއުޅުން، އިގްތިސާދު، އަދި ފަހުރުވެރި ދިވެހި އާއިލާގެ އިތުރުން އޯގާތެރި ސަރުކާރެވެ.

މެނިފެސްޓޯގެ ބައިތަކުގެ ތެރެއިން އެންމެ ފުރަތަމަ މި ބަލާލަނީ އޯގާތެރި ސަރުކާރުގެ ބަޔަށެވެ. އޯގާތެރި ސަރުކާރުގެ ރަސްވަރު ބައްޓަން ކުރުމާއި ބެހޭ ގޮތުން މެނިފެސްޓޯގައި ބުނެފައި ވަނީ  ކޮންމެ ރަށެއްގެ ކޮންމެ ގިންތިއެއްގެ ދެމަފިރިއަކަށްވެސް ލިބޭ ދަރިފުޅު ދުނިޔެއަށް އަންނަނީ ހަމަހަމަކަންމަތީ އަޅާލެވޭ ކުލުނުވެރި ނިޒާމެއްގައިކަން ކަށަވަރުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ހަމައެހެންމެ ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކީ، ޤަރުބަގަތީއްސުރެ ނެތިދިއުމަށްދާންދެން އިޖުތިމާޢީ ރައްކާތެރި ނިޒާމުގެ ހިޔާ ދަށުގައި ދެމިހުންނާނޭ މީހެއްކަން ކަށަވަރުކުރުމަކީ ވެސް ސަރުކާރުގެ ވަޢުދެކެވެ. އަދި  ސަރުކާރުން އެކި ގޮތްގޮތުން ފޯރުކޮށްދޭ އެހީތަކުން އެއްކޮޅަށް ބަރުވެފައިވާ އިޤްޠިޞާދުގެ ތިލަފަތް އެއްވަރުކުރުމާއި، ދައުލަތުގެ ޕެންޝަނަރުންނަށް ދެވޭ ޕެންޝަނަކީ ދައުލަތުން ދެވޭ އެހެނިހެން ޢިނާޔަތްތަކުގެ އިތުރުން ދެވޭ އެއްޗެއްކަން ކަށަވަރުކުރުމަކީ ވެސް އޯގޯތެރި ސަރުކާރުގެ ވަޢުދެކެވެ. މި ވަޢުދުތައް ފުއްދުނޯ ނުވަތަ ނޫންތޯ އަޅުގަނޑު ދަންނަވާލަށް ނެތީމެވެ. އަޅުގަނޑުގެ ބޭނުމަކީ ވަޢުދު ހަނދާންކޮށްދިނުމެވެ.

ކޯލިޝަން ސަރުކާރުގެ މެނިގެސްޓޯގައިވާ ވަޢުދުތަކުގެ ތެރެއިން ދެން މި ބަލާލަނީ ފަހުރުވެރި ދިވެހި އާއިލާގެ ވަޢުދަށެވެ. މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި ޙަލާލު މަސައްކަތުން އާމްދަނީ ހޯދައި ހަމައިސްކޮޅަށް ތެދުވެތިބި ދިވެހި ޢާއިލާ އަކީ ޙަޤީޤަތަކަށް ހެދާނެ ކަމަށެވެ. ހަމައެހެންމެ  ކޮންމެ ޢާއިލާއަކީވެސް ދިވެހި އިޤްޠިޞާދުގެ ނާރުހެގެ ތެރެއިންވާ ޢާއިލާއެއްކަމުގައި ހެދުމަށް މަސައްކަތްކުރު ވެސް ވައުދުގެ ގޮތުގައި ހިމެނެއެވެ. މީގެއިތުރުން ލިބިހުރި ހުނަރާއި ކުރާ މަސައްކަތުގެ ހަމައަގު ލިބި، ނަޒާހާތްތެރިކަމާ ޤަދަރުވެރިކަމާއެކު ގޭބިސީގެ ޚަރަދުބަރަދު ހަމަޖައްސައި ބާކީ ރައްކާކުރާ ޢާއިލާތަކެއް ކަމުގައި ހެދުމަށް މަގުފަހިކުރުމަކީ ވެސް ސަރުކާރުގެ ވަޢުދެކެވެ.

މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި ދިވެހި ދަރީންނަކީ މަދަރުސާއަށް ދާހިތުން ދާ ބަޔަކުކަމުގައި ހެދުމާއި، ކޮންމެ ދިވެހި ދަރިއަކަށްވެސް އެކަށީގެންވާ ތަޢުލީމެއް ލިބޭނޭކަމުގެ ޔަޤީންކަމާއި، ކިޔަވަން ބޭނުންވާ އެންމެ މައްޗަކަށް ކިޔެވޭނޭ ކަމުގެ ޔަޤީންކަން ލިބިދިނުމަކީ ވެސް ސަރުކާރުގެ ވައުދެކެވެ. ޢާއިލާގެ ކޮންމެ މެންބަރަކީ ވިސްނުން ހިންގާގޮތާއި ފިކުރު ހިންގާގޮތް ނުހަނު މިނިވަން ބަޔަކުކަމުގައި ވާނެފަދަ ގޮތަށް މުޖުތަމަޢުގެ ކަންކަން ރޭވުމާއި، ޢާއިލާގެ ކޮންމެ މީހަކީވެސް އުފާވެރި ދުޅަހެޔޮ މީހަކަށް ވާނެގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަކީ ރައީސް ސާލިހުގެ ސަރުކާރުގެ ވަޢުދެކެވެ. ސުވާލަކީ މި ވަޢުދު ފުއްދުން މިންވަރެވެ. މީގެއިތުރުން އެންމެހައި ފަރުދުން މާތް ﷲ ފިޔަވައި ޖެހިލުންވާ، ނޫނީ ދަރަނަވެރިވާ ފަރާތެއް ނުވާނެފަދައިން މުޅި ޤައުމީ ނިޒާމު ބައްޓަންކުރުމާއި،  ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ޢާންމު މަޞްލަޙަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖްތިމާޢީ ވެށްޓެއް ޤާއިމްކުރުމަކީ ވެސް ސަރުކާރުގެ ވަޢުދެކެވެ.

ރައީސް ސާލިހު ރައްޔިތުންނަށް ވިއްކި މެނިފެސްޓޯގައި ދައުލަތް ހިންގުމުގެ ސިޔާސަތުގައި ބުނެފައިވާ ގޮތުގައި ކަންކަން ހަމަޖެހިފައިވާ އުޞޫލުތައް ރައްޔިތުންނަށް ސާފު ސީދާކޮށް އެނގޭފަދަ ހާމަކަންބޮޑު ގޮތަކަށް، ވެރިކަންހިންގުމުގެ ނިޒާމް ބައްޓަންކޮށް ހިންގުން އެމަނިކުފާންގެ ސަރުކާރުން ކުރައްވާނެ ކަމެއްގެ ގޮތުގައި ވަނީ ބުނެފައެވެ. ހަމައެހެންމެ ކޮރަޕްޝަނަށް ފުރުޞަތު ލިބޭ ކަންތައްތައް ދެނެގަނެ، އެ ފުރުޞަތުތައް ނައްތާލުމާއި ހިންގުމުގެ ދާއިރާގައާއި ދައުލަތުގެ މުޢައްސަސާތަކުގައި، ކަންކަމަށް ޒިންމާނަގަން ފަސްޖެހޭ ފަރާތްތަކާއި އަދި ކަނޑައެޅި ބަޔާންވެގެން ވަކިގޮތަކަށް ޢަމަލުކުރަންޖެހޭ އުޞޫލުތަކުގެ އިމުންބޭރުވާ ފަރާތްތައް، ޒިންމާދާރުކުރުވައި، ޒިންމާ އުފުލާ ޘަޤާފަތެއް، ދިވެހި މުޖުތަމަޢުތެރޭގައި އާލާކޮށް އަށަގެންނެވުން އެއީ ކުރައްވާނެ ކަމެއްގެ ގޮތުގައި ރައީސް ސާލިހު ވެވަޑައިގެންފައިވާ ވަޢުދެކެވެ.

ދެން އޮތީ އެމްޑީޕީއާއި ރައީސް ސާލިޙް ވެސް އެންމެ އަޑުހަރުކޮށް ދެއްކެވި ވާހަކައެވެ. އަދުލް އިންސާފް ގާއިމް ކުރުމުގެ ދާއިރާ ނުވަތަ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކައެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރަން ޖެހޭ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސް ސާލިޙް ވިދާޅުވި ކަމަކީ ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމެވެ. މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތަކީ ސިޔާސީ ނުފޫޒް ވަރަށް ބޮޑަށް ޝަަރުއީ ދާއިރާއަށް ފޯރުވޭ ފަދަ ގޮތަކަށް ކަމަށް އެމްޑީޕީން ވެސް އަދި ރައީސް ސާލިޙް ވެސް ވިދާޅުވެއެވެ. ނަމަވެސް ޖޭއެސްސީ އިސްލާހު ކުރުމަށް ނުވަތަ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް މިހާތަނަށް ރައީސް ސާލިހުގެ ސަރުކާރަށް ކުރެވުނު ހަމަ އެއްވެސް ކަމެއް ނެތެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި މިހާތަނަށް ކުރެވުނުހާ ވެސް ކަމަކީ ސުޕްރީމް ކޯޓުގެ ބެންޗް ބަދަލު ކުރުމެވެ. އިތުރު އެހެން ވެސް ކަމެއް ކުރެވުނު މަންޒަރެއް ނުފެނެއެވެ. ހަމައެހެންމެ އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފް ހޯދައި ދޭނެ ކަމަށް ވިދާޅުވި ނަމަވެސް މިހާތަނަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ.

ރައީސް ސާލިހު ރައްޔިތުންނަށް ވިއްކި މެނިފެސްޓޯގައި ދައުލަތް ހިންގުމުގެ ސިޔާސަތުގައި ބުނެފައިވާ ގޮތުގައި ކަންކަން ހަމަޖެހިފައިވާ އުޞޫލުތައް ރައްޔިތުންނަށް ސާފު ސީދާކޮށް އެނގޭފަދަ ހާމަކަންބޮޑު ގޮތަކަށް، ވެރިކަންހިންގުމުގެ ނިޒާމް ބައްޓަންކޮށް ހިންގުން އެމަނިކުފާންގެ ސަރުކާރުން ކުރައްވާނެ ކަމެއްގެ ގޮތުގައި ވަނީ ބުނެފައެވެ. ހަމައެހެންމެ ކޮރަޕްޝަނަށް ފުރުޞަތު ލިބޭ ކަންތައްތައް ދެނެގަނެ، އެ ފުރުޞަތުތައް ނައްތާލުމާއި ހިންގުމުގެ ދާއިރާގައާއި ދައުލަތުގެ މުޢައްސަސާތަކުގައި، ކަންކަމަށް ޒިންމާނަގަން ފަސްޖެހޭ ފަރާތްތަކާއި އަދި ކަނޑައެޅި ބަޔާންވެގެން ވަކިގޮތަކަށް ޢަމަލުކުރަންޖެހޭ އުޞޫލުތަކުގެ އިމުންބޭރުވާ ފަރާތްތައް، ޒިންމާދާރުކުރުވައި، ޒިންމާ އުފުލާ ޘަޤާފަތެއް، ދިވެހި މުޖުތަމަޢުތެރޭގައި އާލާކޮށް އަށަގެންނެވުން އެއީ ކުރައްވާނެ ކަމެއްގެ ގޮތުގައި ރައީސް ސާލިހު ވެވަޑައިގެންފައިވާ ވަޢުދެކެވެ.

ކޮންމެއަކަސް އަޅުގަނޑު މިބަލާލީ ސަރުކާރުގެ މެނިފެސްޓޯގެ ކުޑަ މިންވަރަކަށެވެ. މެނިފެސްޓޯ ތަންފީޒް ކުރެވުނު މިންވަރާއި ކުރަމުންދާ މިންވަރު ނިންމާނީ ތިޔަ ރައްޔިތުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: