ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު ވެކްސިން ދިނުމުގައި ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެ: އިންޑިއާ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން އުފައްދާ ވެކްސިން ރާއްޖެއަށް ދިނުމުގައި ހާއްސަ އިސްކެމެއް ދޭނެކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހާރްޝް ވަރްދަން ޝްރިންގްލާ ވިދާޅުވެއްޖެއެވެ.

ހަރްޝް ވިދާޅުވީ އިންޑިއާއިން އުފައްދާ ވެކްސިން އަކީ ފަސޭހަ ކަމާއި އެކު އަތްފޯރާ އަގުގައި ލިބޭނެ ވެކްސިނެއް ކަމަށާއި ވެކްސިން އުފެއްދުމުގައި އިންޑިއާގެ ކުންފުނި ތަކުން އަންނަނީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތް ތަކެއް ކުރަމުން ކަމަށެވެ.

ހަރްޝު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް މިހާރުވެސް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އެކު މަޝްވަރާ ކުރައްވަމުން އަންނަ އިރު ކޮވިޑު ވެކްސިން ރާއްޖެއަށް ހާއްސަ އިސްކަމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް މިހާރުވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އިންޑިއާ އިން އުފައްދާ ވެކްސިން އަންނަ އަހަރުގެ ފެބްރުއަރީ މަހު ލިބޭނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ވިވެކްސިން ކަންތަކުގަ ސަރުކާރާ އިންޑިއާގުޅިގެން ޖަރީމާއެއް ހިންގަފާނެވަތަރު ޖަހަނީ
    ވަރަށް ނުރައްކާތެރި ކަމެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: