ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަން ގާނޫނުގެ ސަބަބުން ގައުމުގެ ހަމަޖެހުމާއި، މިނިވަންކަމަށް ބުރޫއަރާނެ: އިދިކޮޅު

އިދިކޮޅު ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އިސްލާޙުގެ ސަބަބުން ޤައުމުގެ ހަމަޖެހުމާއި މިނިވަންކަމަށް ބުރޫ އަރާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުތައް ފާސްކުރާތާ 14 ދުވަހުގެ ތެރޭގައި ކަމާ ބެހޭ ގަވައިދުތައް ދައުލަތުގެ އިދާރާތަކުން ހަދަން ޖެހެ އެވެ. މިހާރު އަމަލުކުރަމުން އަންނަ ގަވައިދުގައިވާ ގޮތުން ރާއްޖޭން ރެސިޑެންޓް ވިސާ ދޫކުރަނީ މަދުވެގެން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އިންވެސްޓްކުރާ މީހުންނަށެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި 250،000 ޑޮލަރު އިންވެސްޓްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ޤާނުނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އިސްލާހު އެކޯލިޝަނުން ބަލައެއް ނުގަންނަކަމަށެވެ. މި އިސްލާޙުގެ ސަބަބުން ޤައުމުގެ ހަމަޖެހުމަށާއި މިނިވަން ކަމާއި އިސްތިޤްލާލަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫންކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

“ހަމައެއާއެކު ރާއްޖޭގެ ވިޔަފާރިތަކަށް އިތުރު ގެއްލުންތައް ކުރިމަތިވެ، ދިވެހި ރައްޔިތުންގެ ދިރިއުޅުމަށްވެސް އޭގެ ސަބަބުން އެތައް ނުރައްކާތަކެއް ކުރިމަތިވެގެން ދާނެ ކަމަށް ޤަބޫލުކުރެވޭ. މިފަދަ ގޮތަކަށް ރާއްޖޭގައި ވަޒަންވެރިވެ ހުރުމުގެ މަދަނީ ހުއްދަ ދޫކުރާ ގޮތަށް އިމިގްރޭޝަން ޤާނޫނަށް މި ގެނެވުނު އިސްލާހުގެ ސަބަބުން މިކޯލިޝަނާއި ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ކައިރި ޤައުމުތަކުން އަގުހެޔޮ ލޭބަރުން އިތުރުވެ، އެމީހުން ގެސްޓް ހައުސްއާއި އެހެނިހެން ވިޔަފާރީގެ ކޮންޓްރޯލް ނެގުމާއި ރާއްޖޭގެ އާބާދީގެ ތެރޭގައި ދިވެހިންގެ ގޮތުގައި މަޑު މަޑުން ބަލައިގަންނަން ފެށުން.” އިދިކޮޅުން ބުނެއެވެ.

މި އިސްލާޙު ފާސް ކުރުމުގައި، ސަރުކާރާއި ސަރުކާރު ހިމެނޭ ކޯލިޝަން (ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަދި އަދާލަތު ޕާޓީ) މިކަމުގައި ހަނު ތިބެގެން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: