ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރެސިޑެންޓް ވީސާގެ ނަމުގައި ބޯޑަރު ނިޒާމް ފުނޑާލައި އަމިއްލަ ގައުމުގައި ދިވެހިން ބިކަކޮށްލައިފި”

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރެސިޑެންޓް ވީސާގެ ނަމުގައި ބޯޑަރު ނިޒާމް ފުނޑާލައި އަމިއްލަ ގައުމުގައި ދިވެހިން ބިކަކޮށްލައިފި ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހާ ގުޅިގެން މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޖަމީލް ވިދާޅުވީ ޤައުމުގެ ވެރިކަން ކުރައްވަން ތިއްބެވި ބޭފުޅުން ވެރިކަން ކުރައްވަމުންދާ ގޮތުން ރައްޔިތުންތިބީ ވަރަށް ބޮޑަށް ހާސްވެ، ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިކަމަށެވެ. އެއްވެސް މިސްރާބެއް، އަމާޒެއްނެތި ވެރިކަން ކުރައްވަމުންދާއިރު، ފެނިގެންދަނީ ނާމާން މަންޒިލަކަށް ޤައުމު ދީލާލާފައިވާ މަންޒަރުކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މިއަދު ރައީސް ޔާމީން ރައްޔިތުންގެ ހައްގުގައި އަޅުއްވާފައި ފްލެޓްތަކުންވެސް ރައްޔިތުން މަހުރޫމް ކޮށްފައިވާއިރު ފެނިގެންދަނީ ދަރަނި މައްޗަށް ދަރަނި ނަގައި ޤައުމު ބިކަ ކުރަމުންދާ މަންޒަރުކަމަށެވެ.

“ރެސިޑެންޓް ވީސާގެ ނަމުގައި ބޯޑަރ ނިޒާމް ފުނޑާލައި އަމިއްލަ ޤަޢުމްގައި ދިވެހިން ބިކަކޮށްލަނީ. ދަޢުލަތް އިފްލާސްވެ ވިސްނުންވެސް އިފްލާސްވެއްޖެ. ބަލާލިކޮންމެ ދިމާކުން ފެންނަނީ ހާސްވެ ނުތަނަވަސްވެ، ފެއިލްވެފައިވާ މަންޒަރު. މުޅިގައުމު ގެއްލިގެން ދިއުމުގެ ބިރުބޮޑު.” ޖަމީލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުގައި އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުތައް ފާސްކުރާތާ 14 ދުވަހުގެ ތެރޭގައި ކަމާ ބެހޭ ގަވައިދުތައް ދައުލަތުގެ އިދާރާތަކުން ހަދަން ޖެހެ އެވެ. މިހާރު އަމަލުކުރަމުން އަންނަ ގަވައިދުގައިވާ ގޮތުން ރާއްޖޭން ރެސިޑެންޓް ވިސާ ދޫކުރަނީ މަދުވެގެން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އިންވެސްޓްކުރާ މީހުންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: