ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލެމުންދާ މިނިވަންކަމަށް އެންމެން ފާރަވެރިވާން ޖެހިއްޖެ: ޣައްސާން

 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން- (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލެމުންދާ ރާއްޖޭގެ މިނިވަންކަމަށް އެންމެން ފާރަވެރިވާން ޖެހިއްޖެ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން މިދާ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޣައްސާން ވިދާޅުވީ ޖުމްހޫރިއްޔަތަށް 53 އަހަރު ފުރޭއިރު، ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށެވެ.

“އިގްތިސާދަށް، ސިއްހީ ހާލަތަށް، ގެއްލެމުންދާ މިނިވަންކަމަށް އެންމެން ފާރަވެރިވާން ޖެހިއްޖެ. ޒުވާނުން އިސްނަގަންވެއްޖެ.” ޣައްސާން ވިދާޅުވިއެވެ.

ޣައްސާން މިހެން ވިދާޅުވިއިރު، ރައީސްކަމުގެ މަގާމުގައި ހުންނެވިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސް މިހެން ވިދާޅުވިއިރު މި ގައުމުގެ މިނިވަންކަން ސަރުކާރުން ބޭރު ގައުމަކަށް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުން އަންނަނީ ސަރުކާރަށް ތަފާތު އެކި ތުހުމަތުތަށްކޮށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. ނަމަވެސް އެ ތުހުމަތުތައް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ދޮގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: