ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންސާފުގެ ދަތުރުން ފެންނަނީ ޒާތީ ހަސަދަ ފިލުވުމަށް އެތައް ރައްޔިތެއްގެ ހައްގު ގުރުބާން ކުރިތަން”

 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން- (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ އިންސާފުގެ ދަތުރުން ފެންނަނީ ޒާތީ ހަސަދަ ފިލުވުމަށް އެތައް ރައްޔިތެއްގެ ހައްގު ގުރުބާން ކުރިތަންކަން ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އލފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް އިއްވެވި ފަނޑިޔާރު، އަލީ ރަޝީދުގެ އާއިލާގެ ހުރިހާ މެމްބަރުންނަށް ހިޔާ ފްލެޓު ލިބިފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

އެގޮތުން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދުލު އިންސާފުގެ އަސާސަކީ ހަމަހަމަ ކަން ކަމަށެވެ.

“އިންސާފުގެ ދަތުރުގެ ވާހަކައިން ރައްޔިތުން ބެއްލެވީ އެ މިންގަޑަށް. ފެންނަނީ ޒާތީ ހަސަދަ ފިލުވުމަށް، އެތަކެއް ރައްޔިތުންގެ ހައްގު ޤުރުބާން ކުރާތަން. ބާރާއި ނުފޫޒުން އަދުން އެޅުވިތަން. ދެއްކީވެސް ހުސް ވާހަކަ ކަން. އެއްވެސް އިހުލާސްތެރި ކަމެއްނެތްކަން.” ޣައްސާން ވިދާޅުވިއެވެ.

ފްލެޓު ލިބުނު މީހުންގެ ލިސްޓު އާންމު ކުރިއިރު، ގއ. ވިލިނގިއްޔަށް އުފަން ގާޒީ އަލީ ރަޝީދުގެ އާއިލާގައި ހިމެނިވަަޑައިގަންނަވާ ދެ މެމްބަރުން ވެސް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. އެއީ ފިޔާޒް ހުސައިން އާއި މަރިޔަމް ރަޝީދާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: