ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓަށް ކޮލިފައިވި ފަރާތްތަކެއް އާ ލިސްޓުން އުނިކުރި އުސޫލު ރައްޔިތުންނަށް ހާމަވާން ޖެހޭ: ޣައްސާން

ތ.ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު މުޙައްމަދު ޣައްސާން މައުމޫން. ފޮޓޯ: ދަޕްރެޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓަށް ކޮލިފައިވި ފަރާތްތަކެއް އާ ލިސްޓުން އުނިކުރި އުސޫލު ރައްޔިތުންނަށް ހާމަވާން ޖެހޭ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ހިޔާ ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން އެޗް-7 ކެޓަގަރީ ނުވަތަ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓު އާންމުކުރި އިރު، ކޮލިފައިވި 1248 މީހުންގެ ނަންތައް ލިސްޓުން އުނި ކުރުމާ ގުޅިގެންނެވެ.

އެގޮތުން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓްތަކަސް ކޮލިފައިވި ފަރާތްތައް އާ ލިސްޓުން އުނިކުރެވުނު އުސޫލު ރައްޔަިތުންނަށް ހާމަވާން ޖެހޭކަމަށެވެ.

“1248 ދިވެހި އާއިލާ ސިޔާސީ މަންފާއަކަށް ޤުރުބާން ކުރުމަކީ ރައްޔިތުން އެދޭގޮތެއް، އިންސާފެއް ނޫނީ ހެޔޮވެރިކަމެއްވެސް ނޫން.” ޣައްސާން ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ އެޗް-7 ކެޓަގަރީގެ އެތައް ސަތޭކަ ބަޔަކު ޝަރުތު ހަމަނުވާކަމަށް ކޮމިޓީން ކަނޑައަޅާފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަރާތަކަށް ނުވާތީ ކަމަށް ބުނެއެވެ.

ނަމަވެސް ފްލެޓް ލިބޭކަމަށް ކޮމިޓީން ނެރެފައިވާ އައު ލިސްޓްގައި މާލެ ސަރަހައްދުގައ ދިރިނޫޅޭ އެތައް ބަޔަކު ތިބިކަން ބައެއް ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އަދި ފްލެޓް ދިނުމުގައި ސިޔާސީ ފިކުރަށް ބަލާކަމުގެ ތުހުމަތުވެސް އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: