ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރާއްޖޭގެ އިޤްތިޞާދު ފުޑުފުޑުވެ ރައްޔިތުން ވަނީ ނިކަމެތިވެފައި: ޣައްސާން

 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން- (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރާއްޖޭގެ އިޤްތިޞާދު ފުޑުފުޑުވެ ރައްޔިތުން ވަނީ ނިކަމެތިވެފައި ކަމަަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރަށު ބަންދުގައި ތިބެ ތ.ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަަމުން ޣައްސާން ވިދާޅުވީ މިއަދު މިވަނީ މިސަރުކާރުން ރައްޔިތުންނަށް ދެމުންދާ އަނިޔާއާއި، ދޭ ހިތްދަތިކަމާއި ދެކޮޅަށްވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، އަނިޔާވެރިކަމުގެ ކާވް ފުލެޓް ކުރަން ޖެހިފައިކަމަށެވެ.

“މިސަރުކާރުގެ އަމަލުތައް ހުރި ގޮތުން މިއަދު ރާއްޖޭގެ އިޤްތިޞާދު ފުޑުފުޑުވެ ރައްޔިތުން ވަނީ ނިކަމެތިވެފައި. ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާއެއް ނެތްއިރު އެތައް ބަޔަކު ބިކަ ހާލުގައި ޖެހިފައި. ރައްޔިތުން ކުރާ އާދޭހަކަށް ދައްކާ ވާހަކައަކަށް މިސަރުކާރުން އިޖާބާ ނުދޭއިރު، މިކަން ކުރެވޭނީ ވޯޓުން ނަތީޖާ ދައްކައިގެން.” ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ މިކަން ކުރެވޭނީ ވަރަށް ފަރުވާތެރި ކަމާއިއެކު މަސައްކަތް ކޮށްގެންކަމަށެވެ. ޚާއްސަކޮށް ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ކުރަމުންދާ ނޭދޭވޭ ކަންތައްކުން ސަލާމާތް ވެވޭނީ ކައުންސިލް އިންތިޚާބު ކާމިޔާބު ކޮށްގެންކަމަށެވެ. އެކަން ކުރެވޭނީ ވަރަށް ބަދަހި ކަމާއިއެކު އެއްރޫހެއްގައި މަސައްކަތްކޮށްގެންކަމަށް ޣައްސާން ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: