ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިރޭސީންނާއި އައްޑޫއާއި ވެފައިވާ އެއްބަސްވުމުގައި އޮތީ ރާއްޖެ ލާމަރުކަޒުކުރުމުގެ ވާހަކަ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

1963 ވަނަ އަހަރު އަފީފް އައްޑުއަށް ވަޑައިގެން ހެއްދެވި އެއްބަސްވުމުގައި އޮތީ މުޅި ރާއްޖެ ލާމަރުކަޒުކުރުމުގެ ވާހަކަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ފުވައްމުލަކު ސިޓީއާއި ހުވަދޫ އަތޮޅު އަދި ރަށްތަކުގެ ކައުންސިލްތަކާއެކު ރައްޔިތުންގެ މަޖިލީހުން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވަމުން ވިދާޅުވީ ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތުން 2008 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުން ވަރަށް ސާފުކޮށް ދައްކައިދިން މިސާލަކީ ސުވަދީބް ރިޕަބްލިކް ދެއްކި މިސާލު ކަމަށެވެ. މީގެ ތެރޭގައި ބާރުތައް ވަކިކުރުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމާއި، އިންތިޒާމްވެގެން ސުލްހަވެރި ސިޔާސީ ހަރަކާތްތައް ވާދަކުރެވޭނެ ނިޒާމް ކަނޑައަޅާފައިވާކަން ފާހަގަކުރެއްވިއެވެ.

2008 ވަނަ އަހަރު ފާސްކުރެވުނު ފެހި ގާނޫނު އަސާސީގެ އެންމެ މުހިންމު ކަމަކީ ލާމަރުކަޒީ ނިޒާމް ގާއިމްކުރުންކަމަށާއި ފެހި ގާނޫނު އަސާސީގެ އުންމީދަކީ ސުވާދީބްގެވެސް އުންމީދުކަމަށް ވިދާޅުވިއެވެ. 1963 ވަނަ އަހަރު އަފީފް އައްޑުއަށް ވަޑައިގެންނެވިއިރު އައްޑޫއާއި އިނގިރޭސީންނާއި ދެމެދު ގާއިމްކުރެވުނު އެއްބަސްވުމުގައި ވަނީ މުޅި ރާއްޖެއަށް ލާމަރުކަޒީ ނިޒާމް ގެނައުމަށް ވެފައި އޮތް އެއްބަސްވުން ކަމަށާއި އަތޮޅުވެރިން އިންތިހާބުކުރެވުނީ އޭގެ ފަހުން ކަމަށެވެ. ނަމަވެސް، އެފަހަރަށްފަހު އެކަން ހިނގަމުންދާތަން ނުފެންނަކަމަށެވެ.

އެއަށްފަހު 2008 ވަނަ އަހަރު ގަނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކާއި ވިދިގެން ކައުންސިލް އިންތިހާބެއް ބާއްވާ ކައުންސިލަރުން އިންތިހާބުކުރެވުނުކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ލާމަރުކަޒީ ނިޒާމް ވަރުގަދަކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނިކަން ބައްލަވާ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ވަރުގަދަ އިސްލާހުތައް. މި އިސްލާހުތަކަކީ ރައީސް އޮފީހާއި މަޖިލީހުގެ މެމްބަރުންނާއި ވަރަށް ގާތުން މަސައްކަތްކުރެވި ގެނެވުނު އިސްލާހުތަކެއް. ކޮވިޑާއި ގުޅިގެން މަސައްކަތްތައް މާ ރަނގަޅަށް ކުރިއަށް ނުދިޔަކަމުގައިވިޔަސް މާޗް މަހު ބޭއްވޭ އިންތިހާބަށްފަހު އިސްލާހުތަކުގެ ބޭނުންތައް ފެނިގެންދާނެ

ޖުމްހޫރިއްޔަތުގެ ކުރިން ހިނގި ރަސްކަންތައް ހިންގާފައިވަނީ ރާއްޖޭގެ ވަކި ހިސާބެއްގައިކަމަށް ދެކެވޭ ވާހަކަތައް އަލުން މުތާލިއާކުރުމަކީ ބެނުންތެރިކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 1959ވަނަ އަހަރުން ފެށިގެން 1963 ވަނަ އަހަރު ގާއިމްކުރެވުނު ސުވާދީބް ރިޕަބްލިކްގެ ސަބަބުން ތަރައްގީގެ ކިތަންމެ އޮނިގަނޑެއް ގާއިމްކުރެވިގެންދިޔަ ކަމަށާއި އެވިސްނުންތައް ހުވަދޫ އަތޮޅުގައި ހިފެހެއްޓިފައި އޮތުމުގެ ބަދަލުގައި ވަރަށް އަވަހަށް މާލެއާ ހިސާބަށްވެސް އައި ކަމަށެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ހިތަދޫގައި ބޭއްވުމާއި ބޭންކެއް ގާއިމްކުރުމާއި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށިކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: