ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކޮރަޕްޝަން” ޕާކު ރައީސް ހުޅުވުމުން ބުނެދެނީ ސަރުކާރުން ރީޒޯ ޓޮލަރެންސަށް ދޭވަރު: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

“ލޮނުޒިޔާރަތް ޕާކު” އަކީ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް މިހާރުވެސް ބަލަމުންދާ ތަނަކަށްވާއިރު، އެތަން ހުޅުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވިކަމީ މިސަރުކާރުން ކޮރަޕްޝަނަށް ދެއްވާ ޒީޒޯ ޓޮލަރެންސް ވަރަށް ރަނގަޅަށް ހަމަވާ ކަމެއްކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލޮނުޒިޔާރަތް ޕާކު ތަރައްގީ ކުރުމުގެ ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އޭސީސީން ދަނީ އެޕާކުގެ ބައެއް މައްސަލަތަކެއް މިހާރުވެސް ތަހުގީގު ކުރަމުންނެވެ. އަދި ޕާކުގެ ހެދުމުގައި މާލެ ސިޓީ މޭޔަރު ސިފާ މުހައްމަދު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާތީ އޭނާމެ މައްޗަށް ދައުވާ ކުރުމަށްވެސް ފޮނުވާފައިވެއެވެ. ނަމަވެސް އެމައްސަލަ ދޮޅުމަސް ވަންދެން ޕީޖީގައި ބޭއްވުމަށްފަހު ވަނީ އަބުރާ އޭސީސީއަށް ފޮނުވާލާފައެވެ.

މިކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާކުގެ މައްސަލައެއް އޭސީސީގައި އޮއްވައި އަދި ޕީޖީއަށް ދައުވާކުރަން ފޮނުވާފައި ވަނިކޮށް ރައީސް ސޯލިހު އެތަން ހުޅުވުން ބުނެދެނީ ސަރުކާރުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދޭވަރު ކަމަށެވެ.

“52 ހެކްޓަރުގެ ނައިފަރުގެ މަގުތައް ހަދަން 1.5 މިލިއަން ރުފިޔާ. 2 ހެކްޓަރުގެ ޕާކު ހަދަން 16.8 މިލިއަން ރުފިޔާ(އަސްލު 35 މިލިއަނަށް ވުރެ ގިނައިން ހަރަދުކުރި)” ޝިޔާމް ވިދާޅުވިއެވެ.

މޭޔަރު ސިފާ މުޙައްމަދު ދައުވާކުރުމަށް އޭސީސީން ޕީޖީގައި އެދިފައި ވަނީ، ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާއެވެ. މާލޭ ލޮނުޒިޔާރާތްކޮޅުގައި ހަދާފައިވާ ޕާކުގެ މައްސަލައިގައި އޭސީސީގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ އެމަޝްރޫޢުގެ މަސައްކަތްތައް އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާއި ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: