ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްޓުވީ ތިމަރަފުށީގައި އޮތް ކުޑަކުދިންގެ ހަވީރަށް ދޭން އުޅުނު ހަމަލާއެއްކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުން ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއްކަމަށް ބުނެ ބައެއް މީޑިއާއަކުން ފަތުރާފައިވަނީ ސައްހަ މައުލޫމާތެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ ހަމަލާއެއް ހުއްޓުވާ ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ފުލުހުން ހާމަ ކުރީ ރޭގެ ވަގުތެއްގައެވެ. ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ކުރިޔަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ މިއީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

މި އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ސަރަހައްދުގައެވެ. އަދި ތ. ތިމަރަފުށީގައެވެ. ފުލުހުން ވަނީ މާލެއިންނާއި، އަދި ތިމަރަފުށިން ވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ. މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. އަދި ތިމަރަފުށީން 31 އަހަރުގެ މީހެކެވެ. މި އޮޕަރޭޝަން އަދިވެސް ކުރިޔަށް ދާތީ، އަދިވެސް އިތުރު ބަޔަކު ފުލުހުންގެ ހައްޔަރަށް ގެންދާނެ ކަމަށް ބެލެވެއެވެ.

ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު ރާއްޖެއަށް ދޭން އުޅުނު ހަމަލާއެއް ހުއްޓުވިއިރު، ސޯޝަލް މީޑިއާގައި ދަނީ އެކި ގޮތް ގޮތުން ތަފާތު ވާހަކަތައް ދެކެވެމުންނެވެ. އެގޮތުން މާލޭގައި ވެސް ހަތިޔާރު އެޅި ސިފައިން ވަކި ސަރަހައްދުތަކެއްގައި ހަރަކާތްތެރިވުމުން ތަފާތު އެކި ވާހަކަތައް ފަތުރާފައިވެއެވެ. ހުއްޓުވާފައިވަނީ ތިމަރަފުށީގައި ބުރާސްފަތި ދުވަހު ބޭއްވި ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރަކަށް ދޭން އުޅުނު ޓެރަރިޒަމްގެ ހަމަލާއެއްކަމަށް ބުނެ އެކަން ރިޕޯޓުކޮށްފައި ވަނީ އޮންލައިން މީޑިއާ “ހަމަ” އިންނެވެ.

އެ ހަބަރު ދޮގުކޮށް ނޫސްވެރިންގެ މީޑިއާ ގްރޫޕަށް ހިއްސާކުރި މެސެޖެއްގައި ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، ހުއްޓުވާފައިވަނީ ކުޑަކުދިންގެ ހަވީރަކަށް ދޭން އުޅުނު ހަމަލާއެއްކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ރާއްޖޭގެ ތިން ސަރަހައްދެއްގައި މި އޮޕަރޭޝަން ކުރިޔަށް ގެންދާއިރު، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން ނުފެތުރޭ ގޮތަކަށް ހަބަރުތައް ގެނެސްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

“ފުލުހުން ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއްކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ސައްހަ މައުލޫމާތެއް ނޫނެވެ. ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށް ތަންތަން ބަލާ ފާސްކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށެވެ. އޮޕްރޭޝަން ކުރިއަށްދާ މިންވަރަކުން މައުލޫމާތު ފުލުހުން ހާމަކުރަމުންގެންނެކަމުގައި ދަންނަވަމެވެ.” ފުލުހުން

ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުން ރާއްޖޭގައި ގިނަވެ، މީގެ ކުރިން ވެސް މިފަދަ އެތައް މައްސަލައެއް ފެންމަތިވިއެވެ. އެގޮތުން ހަރުކަށި ފިކުރާ ދެކޮޅަށް “އައްސޭރި” ނަމުގައި ރ. މަޑުއްވަރީގައި މިދިޔަ ޑިސެމްބަރު މަހު ކުރިޔަށް ގެންދިޔައެވެ. އަދި އެރަށުން ހަރުކަށި ފިކުރަށް ނިސްބަތްވާ ގިނަ ބަޔަކު ހައްޔަރު ވެސް ކުރިއެވެ.

ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ އެވެ. އަދި ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުމެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 11%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: