ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި

ކުރީގެ ރައީސް އޮފީހުގެ ތަރުޖަމާނެއްގެ މަގާމު އަދާކުރައްވާފައިވާ އައްބާސް އާދިލް ރިޒާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އެމްބަސީގައި ހުޅުުޖެހުމަށް ގޮވާލާފައިވާކަމުގެ ތުހުމަތުކުރެވިފައިވާ އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނެއްގެ މަގާމުވެސް އަދާކުރަައްވާފައިވާ އައްބާސް ހައްޔަރުކޮށްފައިވަނީ އެނާ ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ޓްވިޓާރ އެކައުންޓަކުން ނަފްރަތު އުފެދޭ ފަދަ ވާހަަކަތަކެއް ދައްކައި އިންޑިއާގެ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާފައިވާކަމަށް ތުހުމަތު ކުރެވިފައިވަނިކޮށެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން އެނާ ވަނީ އެ އެކައުންޓާއި ގުޅުމެއްވާކަން ދޮގުކުރައްވާފައެވެ.

އައްބާސްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެއްކަމަށްވާއިރު، އެނާ ހައްޔަރު ކުރެވިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެނާކަމަށް ތުހުމަތު ކުރެވޭ އެކައުންޓުން ބުނެފައިވާގޮތުން ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަކަށެވެ. އަދި އެކަމަށް ބަދަލު ހިފިފައިނުވާކަމަށްވުމުން އެ ގައުމުގެ އެމްބަސީއިން ފަށަން ފެންނަކަމަށް ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖެހުމަށް ގޮވާލި ގޮވާލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށޭވެ. އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ “ޒިރޯ ޓޮލަރެންސް އޮން ޓެރަރ” ސިޔާސަތު ތަންފީޒު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށައި އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ގާތް އެކުވެރިޔާކަަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: