ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި 06 ހަމަލާ: ރައީސް ނަޝީދުގެ މަންދޫބު ރައީސް ސޯލިހާ ބައްދަލު ކުރައްވައިފި

ރައީސް ނަޝީދުގެ ވަކީލު އިނގިރޭސިވިލާތުގެ ޖެނިން ކާސްޓީ ބްރިމްލޯ ރައީސް ސޯލިހާއި ބައްދަލު ކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް އައްޔަންކޮށްފައި ހުންނެވި އިނގިރޭސިވިލާތުގެ ކުއީންސް ކައުންސެލާ ޖެނިން ކާސްޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފި އެވެ.

ކިއުސީ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާ މަގާމަށް އައްޔަން ކުރެއްވީ ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދެވުމަށްފަހު އިނގިރޭސިވިލާތަށް އިތުރު ފަރުވާއަށް ވަޑައިގެންނެވެ.

ކިއުސީ ރައީސް ތަމްސީލު ކުރައްވާ ހަމަލާގެ ތަހުގީގުގައި އިންވެސްޓިގޭޓަރުންނާ އެކު މަސައްކަތް ކުރައްވާނެ އެވެ. ކިއުސީ އޭނާގެ ތަޖުރިބާގެ ބޭނުން ކުރާނީ ހެކި އެއްކުރުމުގެ އިތުރުން ގައުމީ އަދި ބައިނަލްއަގްވާމީ ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި އަދި ގާނޫނީ ވަކީލުންނާ ގުޅިގެން ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކޮށް، އެ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.

ބައްދަލުވުމަށް ފަހު ކުރެއްވުމަށް ފަހު ކިއުސީ ވިދާޅުވީ މި ބައްދަލުވުމަކީ 2021 ވަނަ އަހަރުގެ މެއި މަހުގެ 06 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާއި ގުޅޭ މަޝްވަރާތައް ރައީސް ސޯލިހާއި އެކު އިއްޔެ ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މަންދޫބެއްގެ ގޮތުގައި ކިއުސީ އައްޔަން ކުރެއްވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ބަޣާވާތް ރޭވި މީހުންނާއި، އެ ހަމަލާ އަށް ފަންޑުކުރި މީހުން ދެނެގަނެ، އެ މީހުން އަތުލައިގަތުމަށް އޭނާގެ ފުޅާ ތަޖުރިބާ ވަރަށް މުހިންމުވާނެ ކަމަށެވެ. އަދި އަދުލު އިންސާފުގެ ނިޒާމަކީ ޑިމޮކްރެސީގެ ވަރަށް މުހިންމު ބައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދުލު އިންސާފުގެ ނިޒާމަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު ބައެއްކަން ފާހަގަކޮށް، ރައީސް ނަޝީދު ވިދާޅުވީ ހަމަލާގެ ތަހުގީގަށް އިންސާފުވެރިކަން ގެނައުމުގައި ކްރިސްޓީއަށް އިތުބާރު ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހާއި ބައްދަލު ކުރުމުގެ ކުރިން ކިއުސީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވެސް ބައްދަލު ކުރައްވާފަ އެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި އެކު އެމްޑީޕީގެ ޗެއާ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ބައްދަލު ކުރެއްވި އެވެ. މީގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެތެރެއިން ހަ މެމްބަރެއްގެ މައްޗަށް އެކުލަވާލާފައިވާ “މޭއި ހައެއް ކޮމިޓީ” އާއި އެކު ވެސް ކިއުސީ ބައްދަލުވުމެއް ކުރިޔަށް ގެންދެވި އެވެ.

މޭއި މަހުގެ 06 ގައި ދިން ހަމަލާގައި ލިބުނު ސީރިއަސް ޒަހަމްތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދެވުމަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ މީގެ މަހެއް ކުރިންނެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ގްލާސްގޯގައި ބޭއްވި ކޮޕް 26 ގައި ބައިވެރިވުމަށް އެގައުމަށް ވަޑައިގެން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ތަހުގީގާއި މެދު ހިތް ހަމަނުޖެހޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް މަޖިލީހުގައި އޮތް ޕްރެސް ކޮންފަރެންސްއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ތަހުގީގު ކުރިޔަށް ދަނީ ރަނގަޅަށް ކަމަށާއި އިންސާފު ލިބޭނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: