ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިންޒޯނެއް ބަލާ ފާސް ކުރީ ގޮތް ނޭނގޭ އެއްޗެއްގެ ރިޕޯޓާއި އެކު، ނުރައްކަލެއް ނެތް: ފުލުހުން

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑަބްލިއުއެސްސީ ކައިރީގައި އޮންނަ ޕާކިން ޒޯންގައި ރޭ ހަރަކާތްތެރިވީ ގޮތް ނޭނގޭ އެއްޗެއް ފެނިގެން ކުރި ރިޕޯޓަކާއި ގުޅިގެން ކަމަށާއި ނަމަވެސް ޕާކް ތެރޭގައި އޮތީ ނުރައްކާތެރި އެއްޗެއް ނޫންކަން ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދީނީ ގޮތުން ހައްދުފަހަނެޅި ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ ޓެރަރިޒަމްގެ އަމަލެއް ފުލުހުން ވަނީ ހުއްޓުވާފައެވެ. އަދި އެފަދަ ހަމަލާއެއް ދޭން އުޅޭކަމަށް ލިބުނު މައުލޫމާތާއި އެކު ފުލުހުން ވަނީ މާލެ އާއި، މާލޭ ކަނޑުގެ ސަރަހައްދު އަދި ތ. ތިމަރަފުށީގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ފުލުހުން ވަނީ އެ އޮޕަރޭޝަންގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ހަމަލާއެއް ދޭން އުޅޭކަމުގެ ވާހަކަތަކާއި އެކު ސޯޝަލް މީޑިއާގައި ވެސް ތަފާތު އެކި ވާހަކަތަކެއް ފެތުރުނުވެ. އެގޮތުން ރޭގެ ދަން ވަގުތެއްގައި އެމްޑަބްލިއުއެސްސީ އާއި، މީރާ އިމާރާތް ޖެހިގެން ހަދާފައިވާ ޕާކިން ޒޯނުގައި ބޮމް ސްކޮޑުން ހަރަކާތެރިވިއެވެ. އެކަމާއި ގުޅިގެން މީޑިއާތަކުން ސުވާލު ކުރުމުން، މިއަދު ފުލުހުން ބުނީ އެ ސަރަހައްދުގައި ރޭ ހަރަކާތްތެރިވެފައި ވާނެ ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދު ބަލާ ފާސްކޮށްފައިވަނީ ޕާކިން ޒޯނުން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ކަމަށް ވެސް މައުލޫމާތު ދިނެވެ. ނަމަވެސް ޕާކް ތެރޭގައި އޮތީ ނުރައްކާތެރި އެއްޗެއް ނޫންކަން މިހާރު ވަނީ ކަށަވަރު ކުރެވިފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ދޭން ހުޅުނު ހަމަލާއެއް ފުލުހުން ހުއްޓުވިއިރު، މިއީ ކޮންތާކު ދޭން އުޅުނު ހަމަލާއެއްކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދާ އެ އޮޕަރޭޝަން ތިން ސަރަހައްދެއްގައި ކުރިޔަށް ގެންދާކަމުގެ މައުލޫމާތު ފުލުހުން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: