ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ދިވެހިރާއްޖޭގެ ހައިކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

15 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދަށު ކޯޓުން ކޮށްފައިވާ 15 އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފިއެވެ.

މި މައްސަލަ ފެންމަތިވީ 2017 ގައި ބ. އަތޮޅު ރަށެއްގައެވެ.

މި މައްސަލާގައި ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރާ އާއިލާ މީހާއަށް ދައުލަތުން ކުރި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގައި 15 އަހަރަށް ޖަލަށް ލާން މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ އޮކްޓޯބަރު 2018 ގައެވެ.

އެ މީހާގެ ފަރާތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން، ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ މީހާ ހައްޔަރު ކުރުމުން ދަށު ކޯޓުގެ ބަންދު މުއްދަތުގައި ކުށަށް އެއްބަސްވެފައިވާ ކަމަށެވެ.

ހާދިސާ ހިނގި ކަމަށް ބުނާ ތަނުން ފެނުނު ފޮރެންސިކް ހެކިތަކާއި ދައުވާ ލިބޭ މީހާއާ ދިމާވާ ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށް ހުކުމުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: