ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގައި ފަތުރުވެރިންނަށް ޚާއްސަ ހެލްޕް ޑެސްކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ހެލްޕްޑެސްކެއް ގާއިމްކޮށްފިއެވެ.

މިހެލްޕް ޑެސްކަކީ ޓުއަރިޒްމް މިނިސްޓްރީގެ ފަރާތުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ގާއިމްކޮށްފައިވާ ހެލްޕް ޑެސްކެކެވެ. މީގެ ކުރިން މުޅި ރާއްޖެ ފުރަބަންދަކަށް ދިޔުމުގެ ކުރިންވެސް، ކޮވިޑާއި ގުޅިގެން ވަނީ ހެލްޕް ޑެސްކެއް ގާއިމްކޮށްފައެވެ. އެއީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ.

އެއަށްފަހު އޭޕްރިލްމަހުގެ މެދުތެރޭގައި މުޅި ރާއްޖެ ލޮކްޑައުންއަކަށް ގެންދިޔުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރައަށް ހުއްޓުމެއް އައިސް ފްލައިޓްތައް އޮޕަރޭޓްކުރުން މުޅިން ހުއްޓާލިއެވެ. ބޯޑަރު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެއީވެސް ވަކި ކަންތައްތަކަށް ބެލުމަށްފަހު ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި އޭރު ހުޅުވާލީ ހަމައެކަނި ވަކި ރިޒޯޓުތަކެއްކަންވެް ފާހަގަކޮށްލެވެއެވެ.

އެހެންނަމަވެސް، ކޮވިޑް-19އާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަށް ދެމުންދާ ލުއިތަކުގެ ދަށުން ވަކި ގައިޑްލައިންތަކަކާއި އެއްގޮތަށް އަމަލުކުރަމުންދާނަމަ، ގެސްޓްހައުސްތައް އޮޕަރޭޓް ކުރުމުގެ ހުއްދަވެސް ވަނީ ދޭން ފަށާފައެެވެ. އެގޮތުން މިހާތަނަށް، މީހުން ދިރިއުޅޭ ރަށްރަށުން 50 އަށްވުރެ ގިނަ ގެސްޓްހައުސް އޮޕަރޭޓްކުރުމަށް ވަނީ ހުއްދަ ދީފައެވެ.

 ބޯޑަރު ހުޅުވާލި ފަހުން ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ވެފައިވާއިރު، މިހާތަނަށް 51،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން މައުލޫމާތުދެއެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 51،354 އަށް އަރާފައެވެ. ނޮވެމްބަރު މަސް ފެށިގެން މިހާތަނަށް އައިއިރު، 10،972 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އޮކްޓޯބަރު މަހު 21،515 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: