އައްޑޫ ސިޓީ ހިތަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެއެވެ.
ހިތަދޫން މިފަހުން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، އެ އެންމެންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖޭގެ 9 ރަށެއްގައި މިވަގުތު 13 އެކްޓިވް ކޭސް އެބަ އުޅޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި 25 ރިސޯޓެއްގައި 188 މީހުން ތިބި ކަމަށްވެސް އެޗްޕީއޭ އިން ހާމަކުރެއެވެ. ނަމަވެސް އެއީ ކޮން ރިސޯޓުތަކެއްކަން އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،112 އަށް އަރާފައެވެ.

