ބަޖެޓަކީ އިތުރަށް ދަރައިގެން ސިޔާސީ މީހުނަށް މުސާރަދީފައި ރައްޔަތުން ބަނޑަށް ޖައްސާގޮތަށް އޮންނަ އެއްޗެއް ނޫން ކަމަށް ކުރީގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 34.7 ބިިލިއަން ރުފިޔާ އެވެ. އަންނަ އަހަރު އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. މއީ 2020 ގައި ހުށަހެޅި ބަޖެޓަށްވުރެ ބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑުުވާނެކަމަށް ލަފާކުރެއެވެ.
ބަޖެޓް ފާސްކުރުމަށް ދެކޮޅު ހަދާ ފަރާތްތަކަށް ރައްދު ދެއްވަމުން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޖެޓަކީ ރައްޔިތުން ބަޑައް ޖައްސައި ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރަ ދިނުމަށް ކަނޑައަޅާފައިވާ އެއްޗެއް ނޫންކަމަށެވެ. އަ
ދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއިއެކު ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރުއޮވެ، ބަޖެޓާއިމެދު ޔަގީންކަން އޮތްނަމަ ބަޖެޓް ފާސްނުކުރަންވީ ސަބަބެއް ނެތްކަމަށް މޫސަ ވިދާޅުވިއެވެ.
”ރައީސަށް ޔަޤީންކަން އޮތިއްޔާ ބަޖެޓު ފާސްކޮށްދެއްވާ. ދަރަނިނުވާ ބަޖެޓެއް ފޮނުވީ ކޮން ރައީސެއް؟“ މޫސަ ސުވާލު ކުރެއްވިއެވެ.
ބަޖެޓަކީ ރައްޔަތުންގެ އެއްޗެއް ރައްޔަތުންދަރާއޮތިއްޔާ ދަރަނި ފިލުވަން ޖެހޭއެއްޗެއް އިތުރަށް ދަރައިގެން ސިޔާސީ މީހުނަށް މުސާރަދީފާ ރައްޔަތުން ބަނޑައްޖައްސާގޮތަށް އޮންނައެއްޗެއްނޫން،
ރޖ އަށް ޔަޤީންކަންއޮތިއްޔާ ބަޖެޓު ފާސްކޮށްދެއްވާ ދަރަނިނުވާބަޖެޓެއްފޮނުވީ ކޮންރައީސެއް— Moosa Maniku (Reeko) (@ReekoMoosa) November 17, 2020
ބަޖެޓާ ގުޅޭ ލަފާ އަރުވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އަންނަ އަހަރު ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ ޙާލަތުގައި ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއްކަމަށްވުމުން، ކޮވިޑް-19 ގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ މަޝްރޫޢުތައް ނުހިންގުން އެކަށީގެންވާކަމަށެވެ.

