ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒުރު އެއާ އިން މިމަހު 28 ގައި ރާއްޖެއަށް ދަތުރުފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިޔާގެ “އަޒުރު އެއާ”އިން މިމަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

އަޒުރު އެއާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ރަޝިއާގެ މޮސްކޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

އަޒުރު އެއާއިން ރާއްޖެއަށް ފަށާ މި ދަތުރުތައް ކުރާނީ ފިނި މޫސުމުގައިކަމަށް އެ އެއާލައިނުން ބުނެއެވެ.

ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށާއިރު ހަފްތާއަކު 1 ދަތުރު އެ އެއާލައިނުން ރާއްޖެއަށް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ދަތުރު ކުރާނީ ހަފްތާގެ ހޮނިހިރު ދުވަހުއެވެ.

މިދިޔަ އަހަރުގެ ފިނި މޫސުމާއި ދިމާކޮށްވެސް އަޒުރު އެއާއިން ވަނީ ޗާޓަރ ފްލައިޓްތަކެއްވެސް ރާއްޖެއަށް ބާއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: