ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޫފީ އަގީދާގެ މީހަކު މަޖިލިސް ރައީސްކަމުގެ ޝަރުތު ފުރިހަމައެއް ނުވާނެ: އިޔާޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ސޫފީ އަޤީދާގެ މީހަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ޝަރުތު ހަމަނުވަނެ މީހެއްކަމަށާއި އެހެންކަމުން އެފަދަ މީހަކު މަޖިލީހުގެ ރައީސް ކަމަށް ވެސް ޝަރުތު ފުރިހަމައެއް ނުވާނެ ކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒު މިހެން ވިދާޅުވީ އިސްލާމް ދީނުގެ މަތިވެރި ހަމަތަކަށް ރާއްޖޭގެ ރައްޔިތުން ބޯލަނބަންފެށީ ސޫފީ ދަންނަ ބޭކަލުންގެ މަޑުމައިތިރި ސުލްޙަވެރި މަސައްކަތްޕުޅުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ނަޝީދުއަށް ރައްދު ދެއްވައި އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް މެމްބަރުކަމާއި، މަޖިލިސްގެ ރައީސްކަމުގެ ކިބައިގައި ހުންނަންވާ ޝަރުތުތައް ކަނޑައެޅިފައި ވާކަމަށެވެ.

އިޔާޒު ވަނީ މަޖިލިސް މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ގޮތުގައި ހިމެނޭ ޝަރުތުތައްވެސް އޭނާގެ ޓްވީޓުގައި ހިމަނާފައެވެ.

ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން ރައީސް ނަޝީދު ސޫފީ މަޒުހަބަށް ތާއީދުކޮށް ދެއްކެވި ވާހަތަކާ ގުޅިގެން ގިނަ ދީނީ އިލްމު ވެރިންގެ ފާޑުކިޔުންވަނީ ރައީސް ނަޝީދަށް އަމާޒުވެފައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: