ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީގެ މަސައްކަތްތަކަށް އަވަސް ހައްލެއް ލިބިގެންދާނެ: އަސްލަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

“ސަންގަށް” މައުލޫމާތު ދެއްވައި އަސްލަމް ވިދާޅުވީ މިވަގުތު ކުރިއަށްދަނީ ކޮމިޓީތަކުގެ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކާއި މަޝްވަރާތައް ކަމާއި އަވަސް ހައްލެއް އެކަމުގައި ލިބިގެން ދާނެ ކަމަށެވެ.

މިވަގުތު މަޖިލީހުގައި އެމްޑީޕީގެ 12 މެމްބަރުން ވަކިވެފައިވާތީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކަށް ވަނީ މަޑު ޖެހުމެއް އައިސްފައެވެ.

ކޮމިޓީތަކުގެ މަސައްކަތްތައް މަޑުޖެހި ލަސްވެފައި އޮންނަ އޮތުމާއި ގުޅިގެން އަސްލަމް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި  ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ނުހިނގާ އޮތުމަކީ މަޖިލީހުގެ މަސައްކަތުގެ ތިންބައިކުޅަ ދެބައި މަސައްކަތްތައް ކުރިއަށް ނުދިއުން ކަމަށް އޭނާ ވަނީ ސިފަ ކުރައްވާފައެވެ.

ކޮމިޓީތަކުގައި ހުރި މަސައްކަތްތައް އަވަސް ކުރުމަށް މަޖިލީހުގެ އިދާރާ އާއި ގުޅިގެން މަޝްވަރާތައް ކުރިއަށް ގެންދަމުންދާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް މީގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު  ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން މާޗް މަހުގެ ތެރޭގައި ބޭއްވުނު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވަނީ އޭރު ކޮމިޓީގައި ހުރި ބިލްތަކުގެ މަސައްކަތްތައް އަވަސް ކުރުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. ނަމަވެސް މިފަހަކަށް އައިސް ކޮމިޓީއަށް ފޮނުވުމަށް މައްސަލަތައް އެޖެންޑާ ނުކުރުމާއި ކުއްލި މައްސަލަތައް އެޖެންޑާ ކޮށް މަޖިލީހުގެ ވަގުތު ބޭކާރު ކުރަމުންދާތީ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން ކޮމިޓީތަކަށް ފޮނުވަން ޖެހޭ ބިލްތަކުގެ މަސައްކަތްތައް އަވަސް ވެފައި ނުވުމުގެ ކަންބޮޑުވުން އަސްލަމްގެ އިތުރުން އެހެން މެމްބަރުން ވެސް ވަނީ ފާޅު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: