ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެތެރޭ މީހުން ބަރަހަނާ ވީޑިއޯ ބަލާކަމަށް ފައްޔާޒު ވިދާޅެއް ނުވޭ، އެއީ ދޮގެއް: ނަޝީދު

ކޮންގްރެސް ކުރިޔަށް ދިޔަ ވަގުތު ރައީސް ސޯލިހާއި، ރައީސް ނަޝީދު އަދި ފައްޔާޒް އިސްމާއިލް ވަނީ ވޯޓުލުން ކުރިޔަށް ދިޔަ ވަގުތު މަޝްވަރާތަކެއް ކުރައްވާފައި/ ފޮޓޯ: ޝަރުހާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެތެރޭގެ 80 އިންސައްތަ މީހުން މުނިފޫހި ފިލުވަނީ ބަރަހަނާ މަންޒަރުތައް ފެންނަ ވީޑިއޯތައް ބަލައިގެންކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވިކަމަށް ނޫހަކުން ރިޕޯޓުކޮށްފައި އޮތަސް އެއީ ކަނޑައެޅިގެން ދޮގެއްކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ރައީސް ނަޝީދު އެކަން ދޮގުކޮށްފައިވާ ސްކްރީންޝޮޓްތަކެއް ”ސަންގު“ އަށް ވަނީ ލިބިފައެވެ.

މިނިސްޓަރު ފައްޔާޒު އެހްން ވިދާޅުވިކަމަށް ”’ދިޔަރެސް“ ނޫހުގައި ލިޔެފައިވާ ޚަބަރުގެ ލިންކު މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ހިއްސާކުރައްވައި ރައީސް ނަޝީދު ޓެގުކޮށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިޤު ވަނީ މިނިސްޓަރެއްގެ މަޤާމުގައި ހުރެ އެފަދަ ވާހަކައެއް ދައްކަން ލަދުވެތި ވާންޖެހޭ ކަމެއް ކަމުގައި ވިދާޅުވެފައެވެ.

”ވަޒީރުން މި ފެންވަރުގެ ވާހަކަތައް އަތޮޅުތެރޭގެ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކުމަކީ ލަދުވެތިކަމެއް” ތޯރިޤު ލިޔުއްވާފައިވެއެވެ.

މެންބަރު ތޯރިޤުގެ މެސެޖަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ”ދިޔަރެސް” އަކީ ނޫހެއް ނޫންކަމަށާއި ކަނޑައެޅިގެން ދޮގުހެދުމުން އެއްްވެސް މަޖަލެއް ނޫންކަމަށެވެ. އަދި މިނިސްޓަރު ފައްޔާޒު އެފަދަ ވާހަކައެއް ނުދައްކަވާ ކަމަށް އެ މެސެޖުގައި ވެއެވެ.

”ތޯރިޤް. ދިޔަރެސް އަކީ ނޫހެއް ނޫން. ކަނޑައެޅިގެން ދޮގުހެދީމަ މަޖަލެއްވެސް ނޫން . ފަޔާ އެ ބައިވަތުގެ ވާޙަކައެއް ނުދައްކާ . ….. ނަން ގެނައީވެސް އެހެން މީހެއް.” ރައީސް ނަޝީދުގެ ރައްދު މެސެޖުގައި ވެއެވެ.

މިނިސްޓަރު ފައްޔާޒް ރާއްޖެތެރޭ ރައްޔިތުންނަށް ނިސްބަތްކޮށް މިފަދަ ވާޙަކައެއް ދެއްކިކަމަށް ނޫހަކުން ރިޕޯޓު ކުރުމާއެކު ރައްޔިތުންގެ ނުރުހުން މިނިސްޓަރު ފައްޔާޒަށްވަނީ އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 88%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: