ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާކާމިޔާބީގައި ހިތްވަރު ގަދަ ކުރައްވާ: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސާފް ޗެންޕިއަންޝިޕްގައި އިންޑިއާތުން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް އާ ހިތްވަރާއިއެކު ޤައުމީ ޓީމު އަލުން ނިކުނާނެކަން ކަށަވަރުވާ ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން ރޭ 3-1 އިން ބަލިވުމުން ރާއްޖެ ވަނީ މުބާރާތުން ކަޓާފައެވެ. މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރިއިރު، ފައިނަލްގައި އެޓީމު ބައްދަލުކުރާނީ ނޭޕާލް އާއެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާކާމިޔާބީގައި ހިތްވަރު ގަދަކުރުމަށާއި އާ ހިތްވަރާއެކު ގައުމީ ޓީމު އަލުން ނިކުންނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މުބާރާތުގެ ފައިނަލުގައި އިންޑިއާ ބައްދަލުކުރަން ޖެހޭނީ ނޭޕާލާއެވެ. މިއީ ނޭޕާލްގެ ތާރީހުގައި ސާފްގެ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: