ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްތައް ތަރައްގީ ކުރުމަކީ ވާދަވެރިންގެ ވިސްނުމެއް ނޫން، އެމީހުން ހޮވުމުގެ ބޭނުމެއް ނެތް: ނަޝީދު

ރައީސް މުހައްމަދު ނަޝީދު— ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ދާއިރާގެ ރަށްތައް ތަރައްގީކުރުމަށް ވާދަވެރި ޕާޓީތަކުގެ ކެންޑިޑޭޓެއް ހޮވުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅުވައި ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވާދަވެރިންގެ ތަސައްވުރަކީ މާލެ ސަރަހައްދަށް މީހުން ޖަމާކުރުން ކަމަށާއި ރަށެއްގެ ތަރައްގީ އެއީ އެމީހުންގެ ވިސްނުމެއް ނޫން ކަމަށެވެ.

އެގޮތުން ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށި ތަރައްގީ ކުރުމަށް އެމީހުންގެ މީހަކު ހޮވުމުގެ ބޭނުމެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެއްފަސްކުރުމުގެ ސިޔާސަތުގައި އަދިވެސް ހަބަކަށް ވާނީ މާލެ ސަރަހައްދު ކަމަށާއި ވެރިކަން އަލުން އަނބުރާ ލިބުނަސް ކުޅުދުއްފުށި އާއި އައްޑޫ ސިޓީ ފަދަ ތަންތަން އެއްފަސް ކުރެވިދާނެތޯ ބަލަން ފައިސާ ހަރަދު ނުކުރައްވާނެ ކަމަށްް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: