ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާމަގެ ގަހަނާތައް ވިއްކާލައިގެން ވެސް ދަރަނި ނުދެއްކޭނެ: ރައީސް ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާމަގެ ގަހަނާތައް ވިއްކާލައިގެން ވެސް ރާއްޖެ އިން ކުރިން ނަގާފައި ހުރި ދަރަނިތައް ނުދެއްކޭނެކަމަށް  ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުން އޮންނަ އިރު، 2021 ގައި ދައުލަތުގެ އާމްދަނީގެ 53 އިންސައްތަ ހޭދަ ކުރަން ޖެހޭނީ ދަރަނި ދެއްކުމުގައި ކަމަށާއި, މީގެތެރެއިން 80 އިންސައްތަ ދަރަންޏަކީ ޗައިނާ އަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ.

މިއީ ދައުލަތަށް އުފުލޭނެ ބުރައެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން، އެމްޑީޕީގެ ހަރުގޭގައި އިއްޔެ ނަޝީދު ވިދާޅުވީ ބަޖެޓުގެ ދަރަނި ބޮޑުވެގެން މި އުޅެނީ، މި ސަރުކާރުން ނެގި ލޯނުތަކުގެ ސަބަބުން ނޫން ކަމަށާއި އެއީ ކުރީ ސަރުކާރުން ނެގި ލޯންތަކުގެ ސަބަބުންކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: