ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާޗުއަލް ވޯލްޑް ޓުއާއެއްގައި ރާއްޖެއިން ބައިވެރި ވަނީ!

ރާއްޖެއިން މީގެ ކުރިން ބައިވެރިވެފައިވާ ފެއަރއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވަލް މާޓް (އައިއެލްޓީއެމް)އިން ކުރިއަށްގެންދާ ވޯލްޑް ޓުއާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން މައުލޫމާތު ދީފައިވާގޮތުން ދުނިޔޭގެ ތިން ސަރަހައްދެއްގައި ކުރިއަށްގެންދާ މިޓުއާގައި ބައިވެރިވާނީ އޮންލައިންކޮށެވެ.

މި އިވެންޓް އޭޝިއާ ޕެސިފިކްގައި ކުރިއަށް ގެންދާނީ ނޮވެމްބަރު 17، 18 އަދި 19 ގައެވެ، އަދި ޔޫރަޕް، މިޑްލް އީސްޓް އަދި އެފްރިކާގައި ނޮވެމްބަރު ، 23، 24 އަދި 25 ގައި މިޓުއާ ކުރިއަށްދާއިރު ނޯތު އަދި ސައުތު އެމެރިކާގައި، ޑިސެމްބަރު 1، 2 އަދި 3 ގައި މިޓުއާ ކުރިއަށްދާނެއެވެ. ޓުއާގެ ތިން ބައިގައިވެސް ރާއްހޖެއިން ބައިވެރިވާނެއެވެ.

އެމްއެމްޕީއާރުސީގެ އިތުރުން މި ޓުއާގައި ރާއްޖެއިން ކޮންރަޑް މޯލްޑިވްސް ރަންގަލި އަދި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އިން މިއިވެންޓްގައި ބައިވެރިވެއެވެ. މިފަރާތްތަކުން ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މުއްސަނދި ފަތުރުވެރިންނަށް ނިސްބަތްވާ ހިސާބުތަކުގެ އެޑްވައިޒަރުން އަދި ކޮންސަލްޓަންޓުން އަދި ޑިޒައިނަރުތަކާއި ބައްދަލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އިވެންޓް ވާޗުއަލްކޯށް ކުރިއަށްގެންދިޔަ ކަމުގައިވިޔަސް، ޓުއާގެ ތެރެއިން ބާއްވާ ވާޗުއަލް ބައްދަލުވުންތަކުގެ ތެރޭގައި ވިޔަފާރިވެރިންނަށް ގަނެވިއްކުމުގެ މަރުހަލާ ކުރިއަށް ގެންދާނެ ފުރުސަތާއި މީޓިންގ ތައް ބޭއްވުމުގެ ފުރުސަތާއި ލީޑްތައް ބެލެހެއްޓުމަށް ޚާއްސަ ޑޭޝްބޯޑެއް ގާއިމްކޮށްފައިވާކަމަށް އެމްއެމްޕީއާރުސީއިން މައުލޫމާތުދެއެވެ.

އެމްއެމްޕީއާރުސީއިން އަންނަނީ ކޮވިޑް-19ގެ ހާލަތުގައިވެސް ރާއްޖޭގައި ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ލިބިގެންދާނެކަމުގެ ޔަގީންކަންބޭރު ގައުމުތަކަށް އަންގައިދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮވިޑް ހާލަތުގައި، ބޯޑަރު ބަންދުކޮށްފައި އޮތް ދުވަސްވަރުވެސް ރާއްޖެއަށް ލިބިފައިވާ ސަމާލުކަން ކުޑަ ވިޔަނުދިނުމަށް ޚާއްސަ ޕްރޮމޯޝަނަލް ހަރަކާތްތަކެއް އޭރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: