ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެނަހިޔާ ހޮސްޕިޓަލުގެ ލެބޯޓްރީ އަޕްގްރޭޑްކޮށްފި

ސެނެހިޔާ ހޮސްޕިޓަލް. ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސެނަހިޔަ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް އަޕްގްރޭޑް ކޮށް, ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މި ޚިދުމަތްތައް ތަޢާރަފުކުރުމަށް މިއަދު ސެނަހިޔަގައި ހޮސްޕިޓަލްގައި ބޭއްވި ޚާއްޞަަ ރަސްމިއްޔާތުގައެވެ.

ލެބޯޓްރީ ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއަރޕާސަން ފާތިމަތު ފިރާޝާއެވެ.

ލެބޯޓުރީއިން ދެމުގެންދާ ޚިދުމަތްތައް އިތުރުކޮށް ނާރުގެ ބަލިތަކާ ގުޅުންހުރި ޓެސްޓްތައް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ސެނެހިޔާ އިން ހަމަޖައްސާފައެވެ.

މީގެ އިތުރުން ލެބޯޓްރީއަށް ގެނެވިފައިވާ ބަދަލުތަކާއެކު ލޭގެ ސާމަޕަލު ނެގުމަށް ހަތަރު ސްޓޭޝަނެއް މިހާރު ވަނީ ޤާއިމުކޮށްފައެވެ.

މި ބަދަލުތަކާއެކުގައި އެކްސްރޭ، ފިޒިއޮތެރެޕީ، އަދި ލެބޯޓްރީގެ ޚިދުމަތަށް އެދޭ މެމޯ ހެއްދުމުގެ ޚިދުމަތް ލެބޯޓްރީ ކައުންޓަރުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް ތަރައްޤީކުރުމަށް ފަހު ލެބޯޓްރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އެމްއެންޑީއެފްއިން ކޮންމެ ހަފުތާއަކު ނެރޭ ހަފްތާ މަޖައްލާގެ ނޯޓިސް ބޯޑެއް ސެނަހިޔަ އޯޕީޑީ ސަރަހައްދުގައި ވަނީ ހުވާފައެވެ.

ސިފަމާ ޗެއަރޕާސަން އަދި ވައިސް ޗެއަރޕާސަން ސެނަހިޔައަށް ކުރެއްވި މި ޒިޔާރަތުގައި ސެނަހިޔަގެ މަސައްކަތްތައް ހިނގަމުންދާގޮތް ވަނީ ބައްލަވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: