ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓު އުފައްދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި މުއައްސަސާއެއް އުފައްދައިފި އެވެ.

މިއީ މިއަދު އަމަލުކުރަންފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުން އުފައްދަން ލާޒިމުކުރާ މުއައްސަސާއެކެވެ. މިއީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާއެކެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފެށި، ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި ވަކި މުއައްސަސާއެއް އުފެދިގެން ދިޔުމަކީ ކުށުގެ ވެއްޓަށް ހުށަހެޅޭ އަދި ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން ސަލާމަތްކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ކުޑަކުދިންގެ ޢަދުލުގެ ބިލަކީ ޤާނޫނާ ޚިލާފުވާ ކުޑަކުދިންގެ މައްސަލަތައް، އެކުދިން ކުށްކުރުމާ ދުރުކުރުމަށް ބާރުއަޅައިދޭ، އެކުދިންނާ ރަޙްމަތްތެރި މާޙައުލެއްގައި ހިންގޭނެ އުސޫލަކުން އަދި އެކުދިންނަށް ބޭނުންވާ ރީހެބިލިޓޭޓިވް ފަރުވާ ލިބިދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް އައިސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ބިލެކެވެ. މިބިލަކީ ކުޑަކުދިންނަށް ޚާއްޞަކުރެވިގެންވާ ނިޒާމެއް މެދުވެރިކޮށް ކަންކަން ނިންމުމަށްޓަކައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަށް އެކަށައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކުރެވިފައިވާ ބިލެކެވެ.

މި ބިލުގައި، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، ޢުމުރުން 15 އަހަރު ކަމުގައި ކަނޑައެޅުމާއި ދާޚިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: