ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހްގެ އޮތީ ހަސަދަވެރިކަމާއި ބަދަލު ހިފުން: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީނަށް އަނިޔާ ކުރަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހިތުގައި ރައީސް ޔާމީނަށް ހަސަވެރިކަން އިންތިހާއަށް އޮތުމުން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގު ދައުވާތައް ކުރުމުގެ އިތުރުން އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމްތައް ވެސް ރައީސް ސޯލިހް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

“އިލްޒާމްތައް ރައީސް ޔާމީންގެ އިސްތަށިފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަޅުއްވަނީ ހާދަ ވަރުގަދަ ހަސަދަވެރިކަމާއި ބަދަލު ހިފުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮވެގެންތާ” އާދަމް ޝަރީފް ލިޔުއްވާފައިވެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވި އިރު، ހޯރަފުށީގައި އެއާޕޯޓް އެޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ ރައީސް ޔާމީނަށް ހިޔާނާތުގެ އެކި ތުހުމަތުތައް ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

އެގޮތުން  ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުގައި ވިއްކާފައި އޮތް 85 ރަށް އެބައޮތް ކަމަށާއި އެ ރަށްތަކުން ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނުއަގުގައި ރަށްތައް ދޫކޮށްފައިވާ ކަމަށާއި އެކަމުން ލިބުނު ފައިސާ ހިއްޕަވައިގެން ޔާމީން ވަޑައިގެންނެވީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބަޔަކު ވޯޓްލައިގެން އަހަރެމެން ރައްޔިތުންނަށް ހޯދައިދިނީ ކަޑަ ރައިސެއް . ދޮގު ހެދުމާއޮޅުވާލުން ހިތްތިރިކަމޭ ކިޔާޕްރޮމޯޓް ކުރި ރައިސެއްގެ އޮތީ ބަދަޅުހިފުން . ރައިސްޔާމީން ގައުމަށް ގެނެސްދީފައިވާތަރައްޤީ ގުނާއަދަދު ނުކުރެވޭ . އެތައްމަސައްކަތް ތަކެއް އެންމެ ފަސްއަހަރު ކުރައްވާފަހުރި އިރުވެސް އެފަދަ ކަމެއް ފާހަގަ ކުރެއްވުމުގެ ބަދަލުގަ ރައިސްސޯލިހު ކުރައްވާކަމަކީ ރައިސްޔާމީން އަގުވައްޓާލަން މަސައްކަތް ކުރެއްވުން . ރައިސްޔާމީން ކުރެއްވީ ވައްކަން ކަމުގަވާނަމަ ގައުމުގަ އެފަދަ އިމާރާތް ތަކާ އަގުނުކުރެވޭނެ ވަރުގެ ހިދްމަތްތަކެއް ފެންނާކަށް ނުހުންނާނެ . ރައިސްސޯލިހަށް ވެވުނު ވައުދު ނުފުއްދެނީ އެހެން ބައެއްގެ ސަބަބަކުން ނޫން . އެވަރުގެ ގާބިލް ކަމެއް ނެތުމުން . އާއިލާއާއެތައްބަޔަކަށް ގައުމުގެ ބައިތުލްމާލުން ބައިއަޅާ އިސްރާފު ބޮޑުވެ ދެއްކުން ތެރިކަން ބޮޑުވުމުން . ބައިސާ ކެޑިއަސް ކަމެއް ކުރެވޭ ކަމަކަށް ނުވާނެ .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: