ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅީ ދެއަހަރުގެ ކާމިޔާބީތައް ފުރޮޅާލަން: އިމްރާން

ހޯމް މިނިސްޓަރ އިމްރާނާއި ޝެއިޚް އިމްރާން
ޝެއާރކޮށްލާ ކަހަލަދޯ؟

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށައެޅީ ދެއަހަރުތެރޭ ސަރުކާރަށް ހޯދުނު ކާމިޔާބީތައް ފުރޮޅާލުމަށްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިއަދު ހުށައަޅައި މައްސަލަ ކުރިއަށްދާއިރު މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 11 މެމްބަރުންގެ ވޯޓާއެކުގައެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުއްވުމުން ޖވާބުދާރީވުމަސް މިނިސްޓަރަށް ލިބިލިެއްވި ފުރުސަތުގައި މިނިސްޓަރ ވިދާޅުވީ މިއީ ރާއްޖޭގައި އޮތް ސިޔާސީ މަޝްރަހު ކިލަންބުކޮށްލުމަށް ކުރި މަސައްކަތެއް ކަމަށެވެ.

މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ދެކަމެއްގެ މައްޗަށް އިޝާރާތްކުރައްވައެވެ. އޭގެތެރެއިން އެއް ކަމަކީ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކާއި ގުޅިގެން މިނިސްޓަރ ދެއްކެވި ވާހަކައެވެ. އަދި އަނެއް މައްސަލައަކީ މޭޑޭގައި ހެކި ކަމަށް ބުނެ ދެއްކި ގަނޑުތައް އޭރުގެ ސަރުކާރުން ނަގާފައިވާކަމަށް ބުނެ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

ދިފާއުގައި ވާހަކަދައްކަވަމުން، މިނިސްޓަރ ވިދާޅުވީ އެއްވެސް އަންހެން ކަނބަލަކަށް އެއްވެސް ކަހަލަ ގޯނާއެއް ނުވަތަ ފުރައްސާރައެއް ލިބިގެން ނުވާނެކަމަށެވެ. އެއީ ސީރިއަސް މައްސަލައެއް ކަމުގައި ދެކި ފިޔަވަަޅު އަޅަންވާނެކަމަށް ވިދާޅުވިއެވެ. އަދި އެމައްސަލައާއި ގުޅިގެން ދެއްކެވި ވާހަކަތަކުން މިނޫން އެއްޗެއް ދޭހަވެފައިވާނަމަ، އެކަމަށް މައާފަށް އެދޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މޭޑޭގައި ހިނގާދިޔަ ކަންކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ އެދުވަހަކީ ފަހުގެ ތާރީހެއްގައި ސިޔާސީ ހަރަކާތެއްގައި، އެއްފަހަރާ އެންމެ ގިނަ ދިވެހިން ބައިވެރިވި ދުވަސްކަމަށެވެ. އަދި އެދުވަހުގެ ކުރެވުނު މަސައްކަތްތަކާއެކު އޭރުގެ ސަރުކާރުގެ މަގްބޫލުކަން ކުޑަވާން ފެށިކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ދާޚިލީ ކަންކަން ކުރީ ސަރުަކާރާއި އަޅާ ބަލާއިރު، މި ސަރުކާރުގައި މާ ގިނަވެފައި ވަރުގަދަ ކަމަށާއި މިސަރުކާރަކީ ބާލިސް ދަށަށް ބަޑިއަކާއި ޕެން ޑްރައިވްއެއް ލައިެގން ސިޔާސީ ވާދަވެރިން ދުއްވާލަން މަސައްކަްތްކުރާނެ ވެރިކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި މިނިވަންކަމާއި ހައްގުތައް ހޯދައިދެވިފައިވާ މިންވަރަށާއި، ޖަލުތަކާއި ފުލުހުންގެ މަސައްކަތްތައް އިސްލާހު ކުރެވުމަސް ކުރެވިފައިވާ މަސައްކަތްތަކަށާއި މަސްތުވާތަކެތީގެ ސަޕްލައި ދަށްކުރުމަށް މިއިން ޒަމާނެއްގައި ނުކުރެވޭހާ މަސައްކަތް މިސަރުކާރުން ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: