ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަން ކުރާމީހާ ބަރަނާކޮށް އަނިޔާކުރުމަކީ އިސްލާމްދީން ތަރުހީބުދޭ ކަމެއްނޫން: ޒައިދު

ޝެއިޙު އަލީ ޒައިދު..... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވައްކަން ކުރާ މީހާ ބަރަނާކޮށް ގައިގައި ތަޅާ އަނިޔާކުރުމަކީ އިސްލާމްދީން ތަރުހީބުދޭ ކަމެއް ނޫންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ދޯންޏަކަށް އެރި ޒުވާނެއްގެ މައްޗަށް ވައްކަމުގެ ތުހުމަތުކޮށް އޭނާ ބަރަހަނާކޮށް އޭނާއަށް ވަރަށް ރަހުމްކުޑަކޮށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

މިމައްސަލަ މިހާރު ފުލުހުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

މިކަމާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަން ކުރާ މީހުންނަށް އަދަބުދޭނީ ދައުލަތުން ކަމަށެވެ. ވައްކަން ކުރާ މީހުން ހިފާ ހައްޔަރުކޮށް އެމީހާއަށް ލާއިންސާނީ އަނިޔާ ދިނުމަކީ އިސްލާމްދީންވެސް ބާރުއަޅާ ކަމެއްނޫންކަމަށާއި، އެފަދަ އަމަލުތަކަށް ހިއްވަރު ދިނުމަކީވެސް ރަނގަޅު ގޮތެއް ނޫންކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.

އާއްމުވެފައިވާ ވީޑިއޯ އެންމެ ފުރަތަމަ އާއްމު ކުރި މީހާ ސޯޝަލް މީޑިއާއަށް އެ ވީޑިއޯ ދޫކޮށްލާ ބުނެފައިވަނީ އެ ޒުވާނާއަކީ އައްޑޫ ހިތަދޫ މީހެއް ކަމަށެވެ. އަދި އޭނާއަށް ދޯނީގެ މަސްވެރިން އަނިޔާކުރީ ދޯނިން ވައްކަން ކުރަން އުޅުމުން ކަމަށް ވެއެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވީ ނޮވެމްބަރު 19 ގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭނާ ދޯނިން ވަގަށް ނަގަން އުޅުނީ ފޯނުތައް ކަމަށް ވީޑިއޯގައި ބުނެފައި ވެއެވެ. އަދި އެ ޒުވާނާއަށް ހަމަލާ ދިނީ ފޯނުތައް ސަލާމަތް ކުރަން ކަމަށާއި، ހަމަލާ ދީ އަނިޔާތައް ކުރުމުގެ ސަބަބުން އޭނާއަށް ރަނގަޅަށް ހިނގަން ވެސް އުނދަގޫ ވި ކަމަށް ވީޑިއޯ ސޯޝަލް މީޑިއާއަށް ލީ މީހާ ބުންޏެވެ. ފުލުހުން އައިސް، ވެހިކަލްއަށް އޭނާ އަރުވައިގެން ގެންދަނީ އޭގެ ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: