ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް “ބަގް” ކުރަން އުޅުނު މައްސަލައެއް ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސްގެ ބައެއް ކޮޓަރިތައް ”ބަގް” ކުރަން އުޅުނު މައްސަލައެއް ހުށަހެޅިފައިވާކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ މަޖިލިސްގެ ޖަލްސާ ފެށުމުގެ ގޮތުން، އެޖެންޑާ ނަމްބަރު 4، ”ރިޔާސަތުން އަންގާ އެންގުން”ގެ ދަށުން ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކާއި، މަޖިލީހުގެ އެންމެ އިސްބޭފުޅުންގެ ކޮޓަރިތަކުގައި ސިއްރުން އަޑު އެހޭނެ ޑިވަސްތަކެއް ހަރުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްފައިވާކަމަށެވެ. މިކަން ހުއްޓުވާފައިވަނީ ފުލުހުންގެ ބޭފުޅަކާއި މަޖިލީހުގެ ސެކިއުރިޓީގައި މަސައްކަތް ކުރާ އަންހެން ބޭފުޅެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

“މިބާވަތުގެ އާލާތް ހަރުކުރުމަށް މަޖިލީހުގެ ސެކިއުރިޓީ ސްޓާފުންނާއި، ފުލުސް އޮފީހުގައި މަސައްކަތްކުރާ މީހަކާ ވާހަކަދެކެވި އެސެކިއުރިޓީ ސްޓާފްވަނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްއާއި ސެކްރެޓަރީ ޖެނަރަލަށް އެމަޢުލޫމާތު ދެއްވާފައި. އަޅުގަނޑު ވިސްނީ މިކަމުގައި ސާޖަންޓް އާމްސް ކުޑަމަސައްކަތެއް ކޮށްލުމަކީ ރަނގަޅު ކަމެއްކަމަށް ވެދާނެއޭ.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަކީ އެމަނިކުފާނު ވިސްނުންފުޅުގައި އޮތް ކަމެއް ނޫން ކަމަށާއި، ނަމަވެސް، މަޖިލީހުން ސާޖަންޓް އޮފް އާމްސް އިސްވެ އެ މައްސަލަ ކޮންމެވެސް މިންވަރަކަށް ބަލަން ބޭނުންފުޅުވާ ކަމަށެވެ.

އެއާއެކު، އެ މައްސަލަ އިތުރަށް ބެލުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީއަށް ނަޝީދު ވަނީ ފޮނުއްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: