ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ބަޔަކު ސަފާރީ މައްސަލަ އޮޅުވާލަން އުޅޭ: މިނިސްޓަރ އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ބޭފުޅުންތަކެއް އިސްވެ ތިއްބަވައިގެން ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހިނގައިދިޔަ ކަންކަން އޮޅުވާލައި މަސްރަހު ހަލަބޮލި ކުރަން މަސައްކަތް ކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކުރިއިރު، މިއަދުގެ ޖަލްސާގައި ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި އިމްރާން ވިދާޅުވީ އިތުބާރު ނެތް މައްސަލައަކީ ސިޔާސީ މަސްރަހު ހަލަބޮލިކޮށް ސަރުކާރު ބަލިކަށި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށާއި, އިތުބާރު ނެތް މައްސަލައިގައި ހިމެނޭ ކަންކަމަކީ ހަގީގަތެއް ނެތް ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

“ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީގައި ހިނގި މައްސަލަ ރާއްޖޭގެ ނޫހެއްގައި ޝާއިއު ކުރިއިރު އެހެން ނޫހަކުން އެ ކަން ދޮގު ކުރި. ފަހުން އެނގިގެން ދިޔައީ ފުރަތަމަ ރިޕޯޓް ކުރީ ވިކްޓިމް ނޫން ކަން. އެއީ ސިޔާސީ ބަޔަކު ދެއްކެވި ވާހަކައެއް.” މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އަންހެނަށް ޖިންސީ އަނިޔާ ކުރުމާއި އެ ނޫން ޒާތެއްގެ އަނިޔާއެއް ކުރުމަށް ވެސް ހިތްވަރު ނުދެއްވާނެ ކަމަށެވެ.

“ރޭޑިއޯ ޕްރޮގްރާމްގައި ވެސް އެ ކަމަށް ހިތްވަރު ދެއްވާ ވާހަކަ ނުދައްކަން. އެކަމަކު ދެއްކެވި ވާހަކައިން އެފަދަ ކަމެއް ދޭހަވާ ނަމަ ކުރިން ވެސް މައާފަށް އެދުނިން. މިއަދު ވެސް ރައްޔިތުންގެ ކިބައިން އެ ކަމަށް މައާފަށް އެދެން”  މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން ކިތަންމެ ފިއްތުންތަކެއް ކުރިމަތުކުރުވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިމްރާނަށް ހަވާލު ކުރައްވާފައިވާ ދާހިލީ ވުޒާރާ ހިންގެވުމުގެ ޒިންމާ އަދާ ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: