ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސް, “ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު” ބިނާކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ލ. ކަޅައިދޫގައި ސަރުކާރުން ބިނާކުރުމަށް ނިންމާފައިވާ “ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު” ގެ މަޝްރޫޢާ ގުޅޭގޮތުން ކަމާގުޅޭ ވަޒީރުންނާއި، މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޒުވާނުންގެ ކަންކަން ހަރުދަނާކޮށް، ބާރުވެރިކުރުވައި، ހުރިހާ ޒުވާނުންނަކީ މަސައްކަތްތެރި، އަދި ޤައުމަށް ފާއިދާކުރަނިވި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެ ގޮތުން ކަޅައިދޫގައި ބިނާކުރާ މި މަރުކަޒުން ޒުވާނުންނަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުޞަތާއި، އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެ މީހުންނަކީ ފޯރުންތެރި ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުން އެއީ މި މަރުކަޒުގެ މުހިންމު އެއް އަމާޒުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިތުރަށް މަޝްވަރާ ކުރައްވާފައި ވަނީ، މި މަޝްރޫޢުގައި ބައިވެރިވާ ވުޒާރާތަކާއި މުވައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ ގޮތުންނެވެ.

ކަޅައިދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މި މަރުކަޒަކީ ޒުވާނުންނަށް އަމާޒުކޮށް ތަޢުލީމާއި ހުނަރާއި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް ބިނާކުރާ މަރުކަޒެކެވެ.

ހުސްވި ހަފުތާ ބަންދުގައި ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ލ. ކަޅައިދުއަށް ވަޑައިގެން، “ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު” ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ސަރަޙައްދު ބައްލަވައިލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: