ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި ވިޔަފާރިތަކަށް 325 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

މާލެސިޓީގައި ހުރި އަތޮޅު ފިހާރައެއް
ޝެއާރކޮށްލާ ކަހަލަދޯ؟

“ރިކަވަރީ ލޯނު ސްކީމް” ގެ ދަށުން މިހާތަނަށް 1946 ފަރާތަކަށް ލޯން ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެސްޑީއެފްސީ މެދުވެރިކޮށް 1946 ފަރާތަކަށް 325 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ.

އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1337 ވިޔަފާރިއަކަށް ދޫކޮށްފައިވާ 306.8 މިލިއަން ރުފިޔާ އާއި އަމިއްލަ މަސައްކަތްކުރާ 609 ފަރާތަކަށް ދޫކުރި 18.2 މިލިއަން ރުފިޔާ ހިމެނެއެވެ.

އަމިއްލަ މަސައްކަތްކުރާ ކަނބަލުންނާއި ވިޔަފާރިތައް ހިންގާ ކަނބަލުންނަށްވެސް އެސްޑީއެފްސީން ވަނީ ލޯނު ދޫކޮށްފައެވެ. އެގޮތުން މިހާތަނަށް 559 ކަނބަލަކަށް 114.7 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

ސަރުކާރުން ރިކަވަރީ ލޯނު ދޫކުރަމުން އަންނަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: